މުސްލިމުންނާ ދެކޮޅު ޗާލީ ކާރކް ގަޔަށް ބަޑިޖަހާ މަރާލައިފި

Advertisement

އެންމެ ފަސް

Advertisement

މުސްލިމުންނާއި އިސްލާމް ދީނާއި ދެކޮޅަށް އަޑުއުފުލާ ޗާލީ ކާރކް ގަޔަށް ބަޑިޖަހައި މަރާލައިފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަރިސް މީހުންގެ ތެރޭގައި ހިމެނޭ، އަދި ސޯޝަލްމީޑިއާގައި މަޝްހޫރު ޗާލީ ކާރކް ގަޔަށް ބަޑިޖަހާފައިވަނީ އެމެރިކާގެ ޔޫޓާގެ ކޮލެޖެއްގައި ކުރިއަށްދިޔަ ރެލީއެއްގެ ތެރެއިންނެވެ. މީހުންގެ ސުވާލުތަކަށް ޗާލީ ކާރކް ޖަވާބުދެމުންދަނިކޮށް އޭނާއަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާ އަމާޒުވެފައިވަނީ އޭނާގެ ކަރަށެވެ. ޗާލީ ކާރކް ގަޔަށް ވަޒަން އަރާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

އުމުރުން 31 ވަނަ އަހަރުގެ ޗާލީ ކާރކް މަރާލުމާއި ގުޅިގެން އެމެރިކާގެ ރައީސް ޓްރަމްޕް ސޯޝަލްމީޑިއާގައި ބުނެފައިވަނީ، ޗާލީ ކާރކްއަށް ދިން ހަމަލާއަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށާއި މިފަދަ އަމަލުތަކަށް ނިމުމެއް ގެންނަންޖެހޭ ކަމަށެވެ.

ޗާލީ ކާރކް މަރާލުމާ ގުޅިގެން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމުން ނަތަންޔާހޫ ބުނެފައިވަނީ، ޗާލީ ކާރކް މަރާލީ ތެދު މައުލޫމާތު ހާމަކުރާތީ މިނިވަންކަމުެގ ހައްޤުގައި ވާހަކަ ދައްކާތީ ކަމަށެވެ. ޗާލީ ކާރކް އަކީ އިޒްރޭލުގެ ވަރުގަދަ ސަޕޯޓަރެއްކަން ފާހަގަކޮށް ނަތަންޔާހޫ ބުނެފައިވަނީ ޗާލީ ކާރކްއާ ވަރަށް ފަހުންވެސް ވާހަކަ ދެކެވުނު ކަމަށާއި އަދި އިޒްރޭލަށް ދަތުރެއް ކުރުމަށް ދައުވަތުވެސް ދީފައިވާނެކަމަށެވެ.

ބަޑީގެ ހަމަލާއެއްގައި ޗާލީ ކާރކް މަރާލުމާ ގުޅިގެން ހުޅަނގުގެ ލީޑަރުން އަދި އެމެރިކާގެ ސިޔާސީ މީހުން އަންނަނީ އެ އަމަލު ކުށްވެރިކޮށް އަޑުއުފުލަމުންނެވެ. މި ހަމަލާއާ ގުޅިގެން އެމެރިކާގެ ޔޫޓާގެ ގަވާނަރ ބުނެފައިވަނީ މި ހަމަލާއާ ގުޅުންހުރި މީހަކު ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައިވާ ކަމަށެވެ.

ޗާލީ ކާރކް ފާހަގަކުރެވިފައިވަނީ އެމެރިކާގެ އިންތިހާބުތަކުގައި ވާދަކުރާ މުސްލިމް ކެނޑިޑޭޓުންނަށް ފާޑުކިޔާ، އިސްލާމް ދީނަށް ފުރައްސާރަކޮށް މުސްލިމުންނަށް ވީތީ އެ ކެނޑިޑޭޓުންނަށް ބަހުގެ ހަމަލާތައް އަމާޒުކުރާ މީހެއްގެ ގޮތުގަ އެވެ.

އެމެރިކާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ