ނޭޕާލްގައި ސޯޝަލްމީޑިއާ ބޭން ކުރުން: މުޒާހަރާތަކުގައި 13 މީހަކު މަރުވެއްޖެ

Advertisement

އެންމެ ފަސް

Advertisement

ނޭޕާލްގައި ސޯޝަލްމީޑިއާ ބޭން ކުރުމާ ދެކޮޅަށް މިހާރު ކުރަމުންދާ މުޒާހަރާތަކުގައި ބައިވެރިވި 13 މީހަކު މަރުވެއްޖެ އެވެ.

މި މުޒާހަރާތަކަކީ އެ ގައުމުގެ ސަރުކާރުން ފޭސްބުކް، ޔޫޓިއުބް އަދި އެކްސް ފަދަ ސޯޝަލްމީޑިއާ ޕްލެޓްފޯމްތައް ބްލޮކްކުރުމާ ގުޅިގެން ފެށިގެން އައި މުޒާހަރާތަކެކެވެ.

ނޭޕާލްގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީން ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މަނާކުރުމަށް ނިންމީ، އެ ޕްލެޓްފޯމްތައް ރަޖިސްޓްރީކުރުމަށާއި، ލޯކަލް ކޮންޓެކްޓެއް އަދި ޝަކުވާތައް ބަލާނެ ފަރާތެއް ހަމަޖެއްސުމަށް ދިން މުއްދަތުގައި އެކަން ނުކުރުމުންނެވެ.

މިކަމާ ދެކޮޅަށް ނޭޕާލްގެ ޤާނޫނުހަދާ މަޖިލިސް ކައިރީގައި މުޒާހަރާތައް ކޮށްފައިވާއިރު މި މުޒާހަރާތަކުގައި، ސަލާމަތީ ބާރުތަކާއި އާންމުންނާމެދު ހިނގި ހަމަނުޖެހުންތަކުގައި މިހާތަނަށް 13 މީހަކު މަރުވެފައިވާ ކަމަށް ނޭޕާލްގެ ފުލުހުންނާ ހަވާލާދީ ބޭރު މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފަ އެވެ. އަދި އެތައް ބަޔަކަށް އެކިވަރުގެ އަނިޔާތައް ވެފައިިވާ ކަމަށްވެސް ރިޕޯޓު ކޮށްފައިވެ އެވެ.

ނޭޕާލްގެ ފުލުހުންނާ ހަވާލާދީ ބޭރު މީޑިއާތަކުން ބުނެފައިވަނީ، ޤާނޫނުހަދާ މަޖިލިސް ހިމެނޭ ސަރަހައްދުގައި ވަނުން މަނާ ސަރަހައްދުތަކަށް މީހުން ވަނުމުން އެ މީހުން ހުއްޓުވުމަށް، ޕްރެޝަރުގައި ފެން ޖަހަން ޖެހުނުކަމަށާއި އަދި ރަބަރު އުންޑަފަދަ ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށެވެ.

މުޒާހަރާތަކާއި ގުޅިގެން ނޭޕާލްގެ ބައެއް ސަރަަހައްދުތަކުގައި މިހާރުވަނީ ކާފިއުވެސް އިއުލާނުކޮށްފަ އެވެ.

ނޭޕާލްގެ ސަރުކާރުން ބުނެފައިވަނީ، ސޯޝަލްމީޑިއާގެ ޕްލެޓްފޯމްތައް ރެގިއުލޭޓްކުރުމަށް މަޖުބޫރުވީ މީހުންގެ މެދުގައި ނަފުރަތު އުފެއްދުމަށް ފަތުރާ ވާހަކަތައް ހުއްޓުވުމަށާއި، ދޮގު ވާހަކަތަކާއި ސޯޝަލްމީޑިއާ ބޭނުންކޮށްގެން ހިންގާ ހިޔާނާތުގެ ކަންކަން ހުއްޓުވުމަށް ކަމަށެވެ.

މިދިޔަ ހަފުތާގައި ނޭޕާލްގެ ކަމާބެހޭ އިދާރާތަކުންވަނީ 26 ސޯޝަލްމީޑިއާ ޕްލެޓްފޯމެއް ބްލޮކް ކުރުމަށް ނިންމާފަ އެވެ.

ނޭޕާލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ