ދަރަނި ކުޑަކޮށް، ހެޔޮ ވެރިކަމުގެ އުސޫލުތައް ޤާއިމްނުކޮށްފިނަމަ މުޒާހަރާތައް ފެނިގެންދާނެ: ނަޝީދު

Advertisement

އެންމެ ފަސް

Advertisement

ދަރަނި ރީސްޓްރަކްޗަރ ކޮށް، ހެޔޮ ވެރިކަމުގެ އުސޫލުތައް ޤާއިމް ނުކުރެވިއްޖެނަމަ ރާއްޖޭގައިވެސް މުޒާހަރާތައް ފެނިގެންދާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނޭޕާލްގައި މިހާރު ހިނގަމުންދާ މުޒާހަރާތަކާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވެފައިވަނީ، ކޮރަޕްޝަނާއި، ސަރުކާރު ހިންގުމުގައި ދިމާވާ މައްސަލަތަކާއި، އަދި ބޮޑެތި ދަރަނިތަކުގެ ސަބަބުން ގިނަ ސަރުކާރުތަކެއް ހަލާކުވަމުންދާ ކަމަށެވެ. އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ދަރަނި އިތުރުވެ، ހެޔޮ ވެރިކަމުގެ އުސޫލުތައް ގާއިމް ނުކުރެވޭނަމަ، އިތުރު ގައުމުތަކުގައިވެސް މިފަދަ މުޒާހަރާތައް ފެނިގެންދާނެ ކަމަށެވެ.

ކޮރަޕްޝަނާއި، ސަރުކާރު ހިންގުމުގައި ދިމާވާ މައްސަލަތަކާއި، އަދި ބޮޑެތި ދަރަނިތަކުގެ ސަބަބުން ސަރުކާރުތައް ހަލާކުވަމުން މިދަނީ. މިހާރު ނޭޕާލްގައި މިކަން ފެންނަން އެބައޮތް.

މިކަމާ ގުޅޭގޮތުން ދުނިޔެ ސަމާލުވެ، އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ އިތުރު ހަމަނުޖެހުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ނަޝީދު އިންޒާރު ދެއްވާފައިވެ އެވެ.

ނޭޕާލްގައި މިވަގުތު ހިނގަމުންދާ މުޒާހަރާތަކަކީ އެގައުމުގެ ވެރިންގެ ކޮރަޕްޝަނާ ދެކޮޅަށް ޒުވާނުން ފެށި މުޒާހަރާއެކެވެ. މި މުޒާހަރާތަކުގައި ސަރުކާރުގެ ކޮރަޕްޝަނާއި ނުބައި ހިންގުންތެރިކަމާ ދެކޮޅަށް ރައްޔިތުން އަޑުއުފުލަމުންދެ އެވެ. މުޒާހަރާތަކުގެ ސަބަބުން ހިނގި ހަމަ ނުޖެހުންތަކުގައި ސަރުކާރުގެ އިސް އޮފިޝަލުންނަށް އެތަށް އަނިޔާއެއް ވެފައިވާއިރު އެ ފަރާތްތަކުން ދިރިއުޅޭ ތަންތަނަށްވެސް ގެއްލުންތައް ދީފައިވެ އެވެ. ބައެއް އިސް ފަރާތްތަކުން ވަނީ އިސްތިއުފާވެސް ދީފަ އެވެ.

ނޭޕާލް ރައީސް މުހައްމަދު ނަޝީދު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ