މަމްދާނީ: ނިއުޔޯކްގެ ޑިމޮކްރެޓިކް މޭޔަރ ޕްރައިމަރީ ކާމިޔާބުކޮށް، ފުރަތަމަ މުސްލިމް މޭޔަރަކަށްވުމާ ދިމާލަށް

Advertisement

އެންމެ ފަސް

Advertisement

33 އަހަރުގެ މުސްލިމް ސޯޝަލިސްޓް ޒޮހްރާން މަމްދާނީ ނިއުޔޯކް ސިޓީގެ ޑިމޮކްރެޓިކް މޭޔަރ ޕްރައިމަރީގައި ހައިރާންކުރުވަނިވި ނަތީޖާއެއް ހޯދައި، ކުރީގެ ގަވަރނަރ އެންޑްރޫ ކުއޯމޯ ބަލިކޮށްފި އެވެ.

ސިޓީގެ އޮފިޝަލުން ހާމަކުރި ގޮތުގައި، 95 ޕަސެންޓް ވޯޓު ގުނިފައިވާއިރު، މަމްދާނީ ވަނީ 43 ޕަސެންޓް ވޯޓާއެކު ކުރީގަ އެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލައަކަށްފަހު އޭނާގެ ސިޔާސީ ކެރިއަރ އަލުން އާރާސްތުކުރަން މަސައްކަތްކުރި ކުއޯމޯ ވަނީ ބަލި ގަބޫލުކުރިކަންވެސް އިއުލާންކޮށްފަ އެވެ. ”މިރޭމީ އަހަރެމެންގެ ރޭއެއް ނޫން. އަހަރެން އޭނާއަށް [މަމްދާނީ] ގުޅައި، މަރުހަބާ ކިޔައިފިން… އޭނާ ކާމިޔާބުކުރީ،“ ކުއޯމޯ ވިދާޅުވި އެވެ.

މި އިންތިޚާބަކީ ރޭންކްޑް-ޗޮއިސް އިންތިޚާބަކަށްވުމާއެކު، އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށްވުރެ މަތިން ވޯޓު ނުލިބޭނަމަ، އެންމެ ދަށުން ވޯޓު ލިބުނު ކެންޑިޑޭޓުން ވަކިކޮށް، ވޯޓުތައް އަލުން ބެހިގެންދާނެ އެވެ. މި މަސައްކަތަށް ދުވަސްތަކެއް ނެގުމަކީ އެކަށީގެންވާ ކަމެކެވެ.

މަމްދާނީގެ ކެމްޕޭން ޚާއްޞަ ސަމާލުކަމެއް ލިބުނީ ސިޓީ އަތްފޯރާފަށުގައި ބެހެއްޓުމަށް އަދި ސޯޝަލް މީޑިއާ ބޭނުންކުރުމުގެ ހުނަރުވެރިކަމަށެވެ. ޑިމޮކްރެޓިކް ސޯޝަލިސްޓްސް އޮފް އެމެރިކާގެ އެހީތެރިކަމާއެކު، ބަރނީ ސޭންޑަރސް އަދި އެލެކްސޭންޑްރިއާ އޮކޭޒިއޯ-ކޯޓެޒް ފަދަ ޕްރޮގްރެސިވް ލީޑަރުންގެ ތާއީދު އޭނާއަށް ލިބިފައިވެއެވެ.

މަމްދަނީގެ މި ކާމިޔާބު ވެގެންގޮސްފައިވަނީ އެ ސިޓީގެ މުސްލިމުންނަށް ލިބުނު ބޮޑު ކާމިޔާބެއްގެ ގޮތުގަ އެވެ. ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބުގައި ކާމިޔާބު ކުރައްވައިފިނަމަ، މަމްދަނީ ވެގެންދާނީ އެ ސިޓީގެ މޭޔަރުކަން ކާމިޔާބުކުރާ ފުރަތަމަ މުސްލިމް މޭޔަރެށެވެ. ނިއުޔޯކް ސިޓީއަކީ އަބަދުވެސް ޑިމޮކްރެޓިކްގެ ބޮޑު ތާއީދެއް އޮންނަ ސިޓީއަކަށްވާއިރު، މަމްދަނީއަށް އިންތިހާބު ކާމިޔާބުކުރުމަކީ ފަސޭހަކަމަކަށްވާނެކަމަށް މަޝްރަހު ދިރާސާކުރައްވާ ފަރާތްތަކުން ގަބޫލުކުރެ އެވެ.

މަމްދަނީ އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ އޭނާ އިސްރޭއީލުގެ ބޮޑު ވަޒީރު ނަތަންޔާހޫ އާއި ދެކޮޅަށް ދެއްކެވި ވާހަކަތަކުންނެވެ. އެގޮތުން ކެމްޕޭންގެ ތެރޭގައި އަމާޒުވި ސުވާލުތަކަށް ޖަވާބުދެއްވަމުން މަމްދަނީ ވިދާޅުވެފައިވަނީ އޭނާގެ މޭަރުކަމުގައި ނަތަންޔާހޫ ނިއުޔޯކްއަށް އަތުވެއްޖެނަމަ ހައްޔަރުކުރާނެ ކަމަށެވެ.

ލަންޑަންގެ މިހާރުގެ މޭޔަރަކީވެސް މުސްލިމަކަށްވާއިރު، މަމްދަނީ ނިއުޔޯކްގެ މޭޔަރުކަން ކާމިޔާބުކޮށްފިނަމަ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު ދެ ފަައިނޭންޝިއަލް ޑިސްޓިކްޓްގެ މޭޔަރުކަން ދެ މުސްލިމުންކުރާނެ ފަހަރަކަށެވެ.

އެމެރިކާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ