އިންޑިއާގެ ހަމަލާގައި ޖައިޝް އެ މުހައްމަދުގެ ވެރިޔާގެ އާއިލާގެ 10 މެމްބަރުން މަރާލި

Advertisement

އެންމެ ފަސް

Advertisement

އިންޑިއާއިން ބުދަ ދުވަހު ހެނދުނު ޕަކިސްތާނަށް ދިން ހަމަލާތަކުގައި، ޕާކިސްތަނާނަށް ނިސްބަތްވާ ހަނގުރާމަވެރި ޖަމާއަތްކަމުގައިވާ ޖައިޝް-އެ-މުހައްމަދް (ޖެމް) ގެ އިސްވެރިޔާ މަސްއޫދު އަޒްހަރުގެ އާއިލާގެ 10 މެންބަރުންނާއި އޭނާގެ ގާތް 4 އެކުވެރިން މަރާލައިިފައިވާކަން ހާމަކޮށްފިއެވެ.

ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބުދަ ދުވަހު ޖައިޝް-އެ-މުހައްމަދުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަރުވި މީހުންގެ ތެރޭގައި އަޒްހަރުގެ ބޮޑު ދައްތައާއި އޭނާގެ ފިރިމީހާ، ކޮއްކޮ އަދި އޭނާގެ އަނބިމީހާ، ދަރިއެއް އަދި އާއިލާގެ 5 ކުޑަކުދިން ހިމެނޭ ކަމަށެވެ. މީގެ އިތުރުން އަޒްހަރުގެ އިތުބާރު ލިބިފައިވާ 3 އެކުވެރިންނާއި އޭގެތެރެއިން އެކަކުގެ މަންމަވެސް މި ހަމަލާގައި މަރުވެފައިވެއެވެ.

އެންޑީޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަޒްހަރު ވަނީ މި ހާދިސާއާ ގުޅޭގޮތުން ބަޔާނެއް ނެރެފައެވެ. އެގޮތުން އެ ބަޔާނުގައި އަޒްހަރު ބުނެފައިވަނީ މި ހާދިސާއާ ގުޅިގެން އޭނާއަށް ހިތާމައެއް ނުވަތަ ހިތްދަތިކަމެއް ނެތް ކަމަށެވެ.

ޖެމް އަކީ ކަޝިމީރަށް ތަފާތު އެކި ހަމަލާތައް ދިނުމުގައި ހަރަކާތްތެރިވެފައިވާ ހަނގުރާމަވެރި ޖަމާއަތެކެވެ. އަދި އެއީ އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ، އދ. އިންވެސް ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމާއަތެކެވެ. އަދި އެ ޖަމާއަތުގެ އިސް ލީޑަރަކީވެސް ޓެރަރިސްޓެއްކަމަށް ކަނޑައަޅާފައިވާ ފަރާތެކެވެ.

އިންޑިއާގެ ހަމަލާތަކުގެ ސަބަބުން ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި މަދުވެގެން 26 މީހުން މަރުވެފައިވާއިރު، އިންޑިޔާއިން ބުނާ ގޮތުގައި ޕާކިސްތާނުގެ ޝެލިންގ އިން މަދުވެގެން 8 މީހުން މަރުވެފައިވެ އެވެ. މިސައިލް ހަމަލާތައް އަމާޒުކުރެވުނީ ޕާކިސްތާނުގެ ބެލުމުގެ ދަށުގައިވާ ކަޝްމީރާއި ޕާކިސްތާނުގެ އިރުމަތީ ޕަންޖާބު ޕްރޮވިންސްގެ ސަރަހައްދުތަކަށެވެ.

އިންޑިއާ ޕާކިސްތާން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ