ދިއްލީގައި ބޮމުގެ ހަމަލާދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނަން: މޯދީ

Advertisement

އެންމެ ފަސް

Advertisement

އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގެ ތާރީހީ ބިނާއެއް ކަމަށްވާ ރެޑް ފޯޓް ކައިރީގައި ބޮމުގެ ހަމަލާދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެ އެވެ.

ރެޑް ފޯޓްކައިރީގައި ކާރެއް ގޮއްވާލައިގެން ބޮމުގެ ހަމަލާއެއް ދީފައިވަނީ ރޭގެ ވަގުތެއްގަ އެވެ. ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި މި ހަމަލާގައި 13 މީހަކު މަރުވެފައިވެ އެވެ.

ރަސްމީ ދަތުރުފުޅެއްގައި ބޫޓަށް ވަޑައިގެންއުޅުއްވާ އިންޑިއާގެ ބޮޑުވަޒީރު މޯދީ މި ހަމަލާއާ ގުޅޭގޮތުން ވިދާޅުވެފައިވަނީ، އިންޑިއާގެ ކަމާބެހޭ މުއައްސަސާތައް މި ރޭވުމުގެ އެންމެ އަޑިއަށް ދާނެ ކަމަށާއި، މިކަމުގެ ފަހަތުގައި ތިބި މީހުންނަށް ސަލާމަތް ނުވެވޭނެ ކަމަށެވެ. އަދި މި ހަމަލާގައި ބައިވެރިވި އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް މޯދީ ވިދާޅުވި އެވެ.

އިންޑިއާގެ ފުލުހުން މި ބޮމުގެ ހަމަލާ ތަހުގީގުކުރަމުން ގެންދަނީ ޓެރަރިޒަމާއި ދެކޮޅު ޤާނޫނު އަދި ބޮމުގެ ހަމަލާތަކުގެ ޤާނޫނާއި އިތުރު ޖިނާއީ ޤާނޫނުތަކުގެ ދަށުން ކަމަށް ބޭރު މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

ބޮމުގެ ހަމަލާއަށްފަހު އެ ސަރަހައްދުގައި ތަހުޤީޤް ޓީމްތަކުން ހަރަކާތްތެރިވަނީ

އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މި ބޮމުގެ ހަމަލާއާއި ކަޝްމީރު އަދި ހަރިޔާނާގެ ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮވެ އެވެ. އެގޮތުން ކާރު ގޮއްވާލިއިރު ކާރުގައި އިނީ ކަޝްމީރުގެ ސަރަހައްދަކަށް ނިސްބަތްވާ ޑޮކްޓަރެއް ކަމަށާއި އޭނާއަކީ ޓެރަރިސްޓް ޖަމާއަތަކަށް ނިސްބަތްވާ މީހެއްކަމަށް ބެލެވޭ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

މިހަމަލާދީފައިވާއިރު މީނާއާ ގުޅޭ އިތުރު ދެ ޑޮކްޓަރަކު 3000 ކިލޯގެ ގޮވާސާމާނާއި ގިނަ އަދަދެއްގެ ހަތިޔާރާއެކު މިމަހުގެ ކުރީކޮޅު ހައްޔަރުކޮށްފައިވާ ކަމަށްވެސް ރިޕޯޓުކޮށްފައިވެ އެވެ. އަދި އެ މީހުން ހައްޔަރުކުރީ ހަރިޔާނާގެ ސަރަހައްދަކުން ކަމަށްވެސް ބުނެފައިވެ އެވެ.

އިންޑިއާގައި ރޭދިން ބޮމުގެ ހަމަލާއާ ގުޅިގެން އެ ގައުމުގެ ރެއިލްވޭ ސްޓޭޝަންތަކާއި މީހުންގިނައިން އެއްވާ ތަންތަންވަނީ ހައި އެލާޓަށް ގެނެސްފަ އެވެ.

މީގެއިތުރުން މިއަދު ޕާކިސްތާނުގެ ވެރިރަށް އިސްލާމާބާދުގައިވެސް ވަނީ ބޮމުގެ ހަމަލާއެއް ދީފަ އެވެ. އިސްލާމާބާދުގެ ކޯޓެއްކައިރީގައި ދިން މި ހަމަލާގެ ސަބަބުން 6 މީހަކު މަރުވެފައިވާކަމަށް ބޭރު މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.

އިންޑިއާ ޕާކިސްތާން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ