ޓްރަމްޕް ހަމާސްއަށް ހަރުކަށި އިންޒާރެއް ދީފި

Advertisement

އެންމެ ފަސް

Advertisement

އެމެރިކާއިން ޓެރަރިސްޓް ޖަމާޢަތްތަކާއެކު މަޝްވަރާ ނުކުރުމުގެ އެތައް އަހަރެއްގެ ސިޔާސަތާ ޚިލާފަށް، ގާޒާގައި ހިފެހެއްޓިފައިވާ އެމެރިކާގެ ރަހީނުން ދޫކޮށްލުމަށް ހަމާސްއާއެކު ސިއްރު މަޝްވަރާތަކެއް ކުރިއަށްގެންދާކަމަށް ނޫސް މަޖައްލާ ރޮއިޓާސްއަށް ބުދަ ދުވަހު މަޢުލޫމާތު ލިބިއްޖެ އެވެ.

އެމެރިކާގެ ރަހީނުންގެ ކަންތައްތަކާ ގުޅޭ ސަފީރު އާދަމް ބޯލަރއަށް ހަމާސްއާ ސީދާ ވާހަކަދެއްކުމުގެ ހުއްދަ ލިބިފައިވާކަމަށް، މި މަޝްވަރާތަކާ ގުޅޭގޮތުން ސުވާލުކުރުމުން ވައިޓް ހައުސްއިން ބުނެފައިވެ އެވެ. މަޝްވަރާތަކާ ގުޅޭގޮތުން މަޢުލޫމާތު ލިބިފައިވާ ދެ ފަރާތަކުން ބުނާގޮތުގައި ބޯލަރ އާއި ހަމާސްގެ އިސްވެރިން ފާއިތުވި ހަފްތާތަކުގައި ދޯހާގައި ބައްދަލުކޮށްފައިވެއެވެ. ނަމަވެސް ހަމާސްގެ ފަރާތުން ބައިވެރިވީ ކޮން ބައެއްކަން ސާފެއް ނުވެއެވެ.

ވައިޓް ހައުސްގައި ޓްރަމްޕް، ގާޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ފަހުން ދޫކޮށްލެވުނު ރަހީނުންގެ ގްރޫޕަކާ ބައްދަލުކުރެއްވި އެވެ. އަދި އޭނާގެ ސޯޝަލް މީޑިއާގައި ހަމާސްއަށް އައު އިންޒާރެއް ދެއްވިއެވެ.

”މަރުވެފައިވާ ރަހީނުންގެ ހަށިތައް ވެސް ހިމެނޭގޮތަށް، ހުރިހާ ރަހީނުން މިހާރުން މިހާރަށް ދޫކޮށްލާ. ފަހުންނެއް ނޫން. އެހެންނޫނީ ތި މީހުންނަށް ނިމުމެއް އަންނާނެ“ ޓްރަމްޕް އިންޒާރު ދިނެވެ.

”އަހަރެން އިސްރާއީލަށް މަސައްކަތް ނިންމުމަށް ބޭނުންވާ ހުރިހާ އެއްޗެއް ފޯރުކޮށްދޭނަން. އަހަރެން މިބުނާގޮތަށް ނުހަދައިފިނަމަ، އެއްވެސް ހަމާސް މެންބަރަކަށް ރައްކާތެރިކަމެއް ނުލިބޭނެ،“ އަދި ގައްޒާ ރައްޔިތުންނަށް ދިން އިންޒާރުގައި ޓްރަމްޕް ބުނީ،“ރީތި މުސްތަޤުބަލެއް އޮތީ ކުރިމަތީގަ. ނަމަވެސް ރަހީނުން ހިފަހައްޓައިގެން ނޫން. އެހެން ހަދައިފިނަމަ، ތި މީހުން މަރުވާނެ. ބުއްދިވެރި ނިންމުމެއް ނިންމާ. މިހާރުން މިހާރަށް ރަހީނުން ދޫކޮށްލާ. އެހެންނޫނީ ފަހުން އަގު ދައްކަން ޖެހޭނެ!“

ޓްރަމްޕްގެ މި އިންޒާރަކީ، ޖެނުއަރީ 20 ގައި ވައިޓް ހައުސްއަށް އެނބުރި ވަޑައިގަތުމުގެ ކުރިން ދެއްވި ”އަގު ދައްކަން ޖެހޭނެ“ އިންޒާރާ އެއްގޮތް އިންޒާރެކެވެ. އޭގެ ފަހުން ޖެނުއަރީގައި އޭރުގެ ރައީސް ޖޯ ބައިޑެން ވެރިކަމުން ފައިބައިވަޑައިގަތުމުގެ ކުރިން ހަނގުރާމަ ހުއްޓާލުމާއި ރަހީނުން ދޫކޮށްލުމުގެ އެއްބަސްވުމެއް ވެވުނެވެ. މި އެއްބަސްވުމުގެ ކްރެޑިޓް ޓްރަމްޕް ނެންގެވި އެވެ.

މިފަހަރުވެސް، ހަމާސްއިން އެއްބަސްވުމާ ޚިލާފުވެއްޖެނަމަ އަޅުއްވާނެ ފިޔަވަޅުތަކަކީ ކޮބައިކަން ޓްރަމްޕް ސާފުކޮށް ވިދާޅެއް ނުވެ އެވެ.

ފަލަސްތީނުގެ މުޖާހިދީން މިލިޓަރީ ގްރޫޕުން ޓްރަމްޕްގެ އިންޒާރު ކުށްވެރިކޮށް، އެއީ ނަސްލީ މަރާމަރީގެ ކުށްތަކުގައި ބައިވެރިވުމުގެ ނިޔަތް ހާމަކޮށްދޭ ކަމެއްކަމަށް ބުނެފައިވެ އެވެ.

”ޓްރަމްޕްގެ މިއަދުގެ އިންޒާރުތަކުން އެމެރިކާގެ ހުތުރު މޫނު ސާފުކޮށް ހާމަވޭ. އަދި އެމެރިކާއިން މެދުވެރިވެގެން ވެވުނު އެއްބަސްވުމާމެދު ސީރިއަސްކަމެއް ނެތްކަމާއި އެއްބަސްވުމުން އެއްކިބާވެފައިވާކަން ދައްކުވައިދޭ.“ އެ ގްރޫޕުން ބުނެފައިވެއެވެ.

ޓްރަމްޕްގެ އިންޒާރުތަކާ ގުޅޭގޮތުން ހަމާސްއިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ހަމާސް އެމެރިކާ ޓްރަމްޕް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ