މިސްރުގެ ތާރީޚުގައި އައު ސަފުހާއެއް: ފުރަތަމަ ފިރުޢައުނެއްގެ މަހާނަ ހޯދުން

Advertisement

އެންމެ ފަސް

Advertisement

މިސްރުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ފިރުޢައުނެއްގެ މަހާނައެއް، މިސްރުގެ ތާރީޚް ދިރާސާކޮށް ހޯދާ އިލްމްވެރިން ހޯދައިފި އެވެ.

މި އައު ހޯދުމަކީ މިސްރުގެ 18 ވަނަ ޚާނަދާނުގެ ފަހު ރަސްކަލެއް ކަމުގައިވާ ފިރުޢައުން ތުތްމޯސް 2 ވަނައިގެ މަހާނައެވެ.

ބްރިޓިޝް-މިސްރުގެ ޖޮއިންޓް އެކްސްޕެޑިޝަނަކުން މި މަހާނަ ފެނިފައިވަނީ ލަކްސޯރު ސިޓީއާ ކައިރީގައިވާ ތީބަން ނެކްރޮޕޮލިސްގެ ހުޅަނގު ފަރާތުގެ ހުސްބިންތަކުންނެވެ. މިއީ ތުތަންޚާމޫންގެ މަހާނަ ފެނުނުތާ އެއް ގަރުނު ފަހުން ލިބުނު ހޯދުނު ހޯދުމެކެވެ.

މި އެކްސްޕެޑިޝަންގެ ފަރާތުން މި މަހާނަ ފެނިފައިވަނީ ރަދުންގެ އަނބިކަނބަލުންގެ މަހާނަތައް ހުންނަ ސަރަހައްދާ ގުޅިފައިވާ ތަނަކުންނެވެ. މީގެ ކުރިން ދިރާސާވެރިން ލަފާކޮށްފައިވަނީ 18 ވަނަ ޚާނަދާނުގެ ފިރުޢައުނުންގެ މަހާނަތައް ހުންނާނީ އެ ސަރަހައްދާ 2 ކިލޯމީޓަރު ދުރުގައިވާ ކިންގްސް ވެލީއާ ކައިރި ސަރަހައްދެއްގައި ކަމަށެވެ.

މިޝަންގެ ފީލްޑް ޑިރެކްޓަރު ޑރ. ޕިއަރސް ލިތަރލޭންޑް ވިދާޅުވި ގޮތުގައި، ”މަހާނައިގެ ފުރާޅުގެ ބައެއް އަދިވެސް ރަނގަޅު ހާލަތުގައި ހުރި. ނޫކުލައިގެ ފުރާޅުގައި ރަން ކުލައިގެ ތަރިތަކެއް ކުރަހާފައި ހުރި. މިފަދަ ނޫކުލައިގެ ފުރާޅުތަކުގައި ރަން ކުލައިގެ ތަރިތައް ފެންނަނީ ހަމައެކަނި ރަސްކަލުންގެ މަހާނަތަކުގަ.“ އެވެ.

މި ހޯދުމަކީ 18 ވަނަ ޚާނަދާނުގެ ކުރީކޮޅުގެ ރަސްކަލުންގެ މަހާނަތައް ހުރި ތަނުގެ ސިއްރު ހާމަވެގެން ދިޔަ ކަމެއްގެ ގޮތުގައި ޑރ. ލިތަރލޭންޑް ފާހަގަކުރެއްވި އެވެ.

މިސްރު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ