ޔޫކްރެއިންގެ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއާ ރަޝިޔާގެ މަތީ ފެންވަރުގެ ޓީމުތަކެއް

Advertisement

އެންމެ ފަސް

Advertisement

ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާދުގައި ބޭއްވުނު މުހިންމު މަޝްވަރާތަކަކަށްފަހު، ޔުކްރެއިންގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި މަތީ ފެންވަރުގެ ވަފުދުތަކެއް އެކުލަވާލުމަށް އެމެރިކާ އާއި ރަޝިޔާއިން ނިންމައިފި އެވެ.

ރަޝިޔާގެ ފޮރިން މިނިސްޓަރ ސަރގޭ ލަވްރޯވްއާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ ވިދާޅުވީ މި ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ”ހުރިހާ ފަރާތްތަކަކުންވެސް“ ”ދޫދިނުންތަކެއް“ ދޭންޖެހޭނެ ކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުންތައް އަލުން ޤާއިމުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި ބައްދަލުވުމަކީ 2022 ވަނަ އަހަރު ރަޝިޔާއިން ޔުކްރެއިނަށް ފުޅާ ދާއިރާއެއްގައި ހަމަލާދޭން ފެށުމަށްފަހު އެމެރިކާ އާއި ރަޝިޔާގެ އެންމެ އިސް ފެންވަރުގެ އޮފިޝަލުން ބައްދަލުކުރި ފުރަތަމަ ފަހަރެވެ. އެމެރިކާގެ ވަފުދުގައި ރޫބިއޯގެ އިތުރުން މެދުއިރުމަތީގެ ސަފީރު ސްޓީވް ވިޓްކޮފް އަދި ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރ މައިކް ވޯލްޓްޒް ހިމެނެ އެވެ.

އެމެރިކާގެ ވަފުދުން ހުށަހަޅުއްވާފައިވަނީ މިއީ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ބާއްވާ މަޝްވަރާތަކުގެ ސިލްސިލާއެއްގެ ފުރަތަމަ މަޝްވަރާ ކަމަށެވެ. ނަމަވެސް، 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ރަޝިޔާއިން އަތުލާފައިވާ ޔުކްރެއިންގެ އެއްވެސް ސަރަޙައްދެއް ރަޝިޔާގެ އަތުގައި ބޭއްވުމާ ގުޅޭގޮތުން އެމެރިކާގެ ސްޓޭންޑް ސާފުކޮށް ބަޔާންކޮށްފައެއް ނުވެ އެވެ.

މި ބައްދަލުވުމަށްފަހު، އަންގާރަ ދުވަހު ޓްރަމްޕް ވަނީ ޒެލެންސްކީ އަށް ފާޑުކިޔުއްވާފަ އެވެ. ޒެލެންސްކީ ވިދާޅުވެފައިވަނީ ޔުކްރެއިން ނުހިމަނައި ހަދާ އެއްވެސް އެއްބަސްވުމެއް ޤަބޫލުނުކުރައްވާނެ ކަމަށެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން އެމެރިކާ ޓްރަމްޕް ޔޫކްރެއިން-ރަޝިޔާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ