ޔޫކްރެއިން ހަނގުރާމައިގެ މަޝްވަރާތަކަށް ޓްރަމްޕް، ސައުދީ ހިޔާރުކުރީ ކީއްވެ؟

Advertisement

އެންމެ ފަސް

Advertisement

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިދާރާއިން ޔުކްރެއިން މައްސަލައާ ގުޅޭ މުހިންމު މަޝްވަރާތަކަށް ސަޢޫދީ ޢަރަބިއްޔާ ހޮވާލުމަކީ، އެޤައުމުގެ ޑިޕްލޮމެޓިކް ދާއިރާއިން ހޯދާފައިވާ ކުރިއެރުމުގެ ހެއްކެއްކަމަށް ސިޔާސީ މާހިރުން ދެކެ އެވެ.

2018 ވަނަ އަހަރު ސަޢޫދީ ނޫސްވެރިޔާ ޖަމާލް ޚަޝޮގީގެ މަރުގެ ހާދިސާއާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުން އެކަހެރިވެފައިވާ ސަޢޫދީ ޢަރަބިއްޔާއިން، މިހާރު ވަނީ ޑިޕްލޮމެޓިކް ގޮތުން އެތައް ކުރިއެރުމެއް ހޯދާފަ އެވެ. ޚާއްޞަކޮށް، ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާންގެ މައްޗަށް ކުރެވޭ ނުރަނގަޅު ކަންތައްތަކުގެ ހިޔަނި މިހާރު ވަނީ ފިލައިގެން ގޮސްފަ އެވެ.

ސަޢޫދީ ޢަރަބިއްޔާގެ ފޮރިން މިނިސްޓްރީގެ އިސްވެރިއެއް ވިދާޅުވެފައިވަނީ، ”މުނިފޫހިފިލުވުމާއި ކުޅިވަރުގެ ދާއިރާގައި ދުނިޔޭގެ މަސްރަޙުގައި މުހިންމު ދައުރެއް އަދާކުރާ ފަރާތަކަށް ވުމުގެ އަމާޒަށް ވާސިލުވުމަށް އަޅުގަނޑުމެން ވަނީ ބޮޑެތި އިންވެސްޓްމެންޓްތަކެއްކޮށްފައި“ ކަމަށެވެ. އަދި ޑިޕްލޮމެޓިކް ގޮތުން ވެސް އެޤައުމުގެ ނުފޫޒު ފުޅާކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް އެ އިސްވެރިޔާ ވިދާޅުވި އެވެ.

ޖޯ ބައިޑެންގެ ދައުރުގައި، ސަޢޫދީ ޢަރަބިއްޔާއިން ވަނީ އެމެރިކާއަށް ބަރޯސާވުން ކުޑަކޮށް، ރަޝިޔާ އަދި ޗައިނާ ފަދަ ޤައުމުތަކާއެކު ގާތް ގުޅުންތަކެއް ޤާއިމުކޮށްފަ އެވެ. މީގެއިތުރުން، އެމީހުންގެ ޤައުމީ މަޞްލަޙަތުތަކަށް އިސްކަންދޭނެކަން ސަޢޫދީން ވަނީ ސާފުކޮށް ބަޔާންކޮށްފަ އެވެ.

ޓްރަމްޕްގެ ފުރަތަމަ ދައުރުގައި އޭނާގެ ފުރަތަމަ ބޭރު ޤައުމަށް ކުރި ދަތުރަކީ ސަޢޫދީ ޢަރަބިއްޔާއަށް ކުރި ދަތުރެވެ. ނަމަވެސް، ޣައްޒާއާ މެދު ޓްރަމްޕްގެ ހުށަހެޅުމާ ގުޅިގެން، ސަޢޫދީ ޢަރަބިއްޔާއިން ވަނީ އެކަން އިންކާރުކޮށްފަ އެވެ.

އެމެރިކާ ސައުދީ އަރަބިއްޔާ ޓްރަމްޕް ޔޫކްރެއިން-ރަޝިޔާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ