އަފްޣާނިސްތާނުގެ ވެރިން ހައްޔަރުކުރަން އައިސީސީގެ އަމުރެއް ހޯދަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން އަންހެނުންނާ މެދު އަމަލުކުރަމުންދާ ގޮތަކީ އިންސާނިއްޔަތާ ޚިލާފު އަމަލުތަކެއް ކަމަށް ބުނެ، އެ ގައުމުގެ އިސް ވެރިން ހައްޔަރުކުރުމުގެ އަމުރެއް ހޯދުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)ގެ ޗީފް ޕްރޮސެކިއުޓަރު މިއަދު މަސައްކަތް ފައްޓަވައިފި އެވެ.

އައިސީސީގެ ޗީފް ޕްރޮސެކިއުޓަރު ކަރީމް ޚާން ވިދާޅުވި ގޮތުގައި، ތާލިބާނުންގެ ސުޕްރީމް ލީޑަރު ހައިބަތުﷲ އަޚުންދްޒާދާ އާއި އުއްތަމަ ފަނޑިޔާރު އަބްދުލް ހަކީމް ހައްގާނީ އަކީ ވަކި ޖިންސަކަށް ވީތީ މީހުންނާ މެދު ތަފާތުކުރުން ގެންގުޅުމުގެ، އިންސާނިއްޔަތާ ދެކޮޅު ޖަރީމާގެ ޖިނާއީ ޒިންމާ އުފުލަންޖެހޭ ފަރާތްތަކެކެވެ.

”އަފްޣާނިސްތާނުގެ އަންހެނުންނާއި އަންހެން ކުދިންނަށް ތާލިބާނުންގެ ފަރާތުން ކުރިމަތިވެފައި ވަނީ ގަބޫލުކުރަން ދަތި، އާންމު ހަމައިން ބޭރު ތަފާތުކުރުންތަކެއް،“ ޚާން ވިދާޅުވި އެވެ. އަދި އެއްޖިންސުން ގުޅުން ބާއްވަން ހުއްދަ ނެތުން ވެސް ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ބަލާފައިވަނީ އަނިޔާގެ ގޮތުގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މި މައްސަލައިގައި ޕްރޮސިކިއުޓަރު ޚާންގެ ހުށަހެޅުއްވުމާ މެދު އައިސީސީގެ ފަނޑިޔާރުން ގޮތެއް ނިންމަވާނެ އެވެ. މި ނިންމުމަށް ހަފުތާތަކެއް ނުވަތަ މަސްތަކެއް ވެސް ހޭދަވެދާނެ ކަމަށް ބެލެވެ އެވެ.

އައިސީސީ އަކީ އެންމެ ނުރައްކާތެރި ޖަރީމާތަކުގެ ގޮތުގައި ބެލެވޭ، ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ބެލުމަށް އުފައްދާފައިވާ ބައިނަލްއަގުވާމީ ކޯޓެކެވެ. މި މައްސަލައިގައި އަމުރު ނެރެފި ނަމަ، އެއީ އަފްޣާނިސްތާނުގެ އަންހެނުންގެ ހައްގުތައް ހިމާޔަތްކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅަކަށް ވެގެންދާނެ އެވެ.

އަފްޣާނިސްތާން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ