ޕީކީ ބްލައިންޑާސްގައި ހެދުން އަޅާގޮތަށް ހެދުންއެޅި އަފްޣާން ބަޔަކަށް ތާލިބާނުން ފިޔަވަޅުއަޅަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

އަފްޣާނިސްތާނުގެ ހަތަރު ފިރިހެނަކު، ޓީވީ ސީރީޒް ޕީކީ ބްލައިންޑާސްގައި ހެދުން އަޅާގޮތަށް ހެދުން އެޅި މައްސަލައިގައި ”މޯރާލިޓީ ޕޮލިސް“ ނުވަތަ އަޚްލާގީ ކަންކަމާގުޅޭޭ ފުލުހަށް ހާޒިރުވުމަށް އަންގައިފި އެވެ.

އަފްޣާނިސްތާނުގައި ޒުވާން ހަތަރު ފިރިހެނަކު ޕީކީ ބްލައިންޑާސްގައި ހެދުން އަޅާގޮތަށް ހެދުންއަޅައިގެން އުޅޭ ވީޑިއޯއެއް ސޯޝަލްމީޑިއާގައި ދައުރުވި އެވެ. މި މައްސަލައިގައި، އަފްޣާނިސްތާނުގެ ވެރިކަމުގައި މިހާރު ތިބި ތާލިބާނުން ވަނީ އެމީހުންނަށް ފިޔަވަޅު އެޅުމަށް ނިންމާފަ އެވެ.

އެގޮތުން މި ހަތަރު މީހުންނަށްވަނީ އަންނަ އާދީއްތަ ދުވަހު ”މޯރާލިޓީ ޕޮލިސް“އަށް ހާޒިރުވުމަށާއި އަދި ހޯމަ ދުވަހު މައްސަލައިގައި ސުވާލު ކުރުމަށް ހާޒިރުވުމަށް އަންގާފަ އެވެ.

ތާލިބާންގެ ސްޕޯކްސްޕާސަން ބޭރުގެ މީޑިއާތަކަށް މައުލޫމާތުދެމުން ބުނެފައިވަނީ، އެ ހަތަރު މީހުން ހެދުން އެޅިގޮތަކީ އަފްޣާނިސްތާނުގެ އަދި އިސްލާމީ ހަމަތަކާ ޚިލާފުގޮތެއް ކަމަށެވެ. އަދި ޕީކީ ބްލައިންޑާސް ސީރީޒްގައި ދައްކުވައިދޭ ހަމަތަކަކީ އަފްޣާނިސްތާނުގެ ސަގާފަތާ ހިލާފު ކަންކަންކަމަށްވެސް ބުނެފައިވެ އެވެ. ތާލިބާންގެ ސްޕޯކްސްޕާސަން ބުނެފައިވަނީ އެމީހުން ޕްރޮމޯޓް ކުރީ ބޭރުގެ ސަގާފަތެއް ކަމަށާއި އަދި އެމީހުން އެއްގޮތްވާން އުޅެފައިވަނީ ފިލްމު ކުޅޭ ބަޔަކާ ކަމަށެވެ.

މި މީހުން ހައްޔަރުކުރި ކަމަށް ބައެއް މީޑިއާތަކުން ކުރިން ރިޕޯޓުކުރިނަމަވެސް، ތާލިބާންގެ ސްޕޯކްސްޕާސަން ބޭރުގެ މީޑިއާތަކަށް މައުލޫމާތުދެމުން ބުނެފައިވަނީ، އެމީހުން ހައްޔަރު ނުކުރާކަމަށާއި ހަމައެކަނި ހާޒިރުކުރެވި ނަސޭހަތް ދިނުމަށްފަހު ދޫކޮށްލީ ކަމަށެވެ. މީގެއިތުރުން ބުނެފައިވަނީ، އަފްޣާނިސްތާނުގެ އަމިއްލަ ސަގާފަތާއި އާދަތައް އަދި ދީނީ ހަމަތައް ހުންނަ ކަމަށާއި އަދި ހެދުން އެޅުމުގައި ޚާއްސަކޮށް އަމަލުކުރާނެ ގޮތްތަށް ހުންނަ ކަމަށެވެ.

އަފްޣާނިސްތާނުގެ ކޮންޓްރޯލް ތާލިބާނުންނެގީ 2021 ވަނަ އަހަރު އެވެ. އޭގެފަހުން އެ ގައުމުގައި ވެރިކަން ކުރަމުން އަންނަނީ ތާލިބާނުންނެވެ.

އަފްޣާނިސްތާން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ