ވެރިކަމުގެ ފަހު ދުވަސްކޮޅު ބައިޑެންގެ މާފު ދަރިފުޅަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ވެރިކަމުގެ ފަހު ދުވަސްކޮޅު އޭނާގެ ދަރިކަލުން، ހަންޓާ ބައިޑެން ގެ މައްޗަށް ސާބިތު ވެފައިވާ ޖިނާއީ ކުށުގެ މައްސަލަތަކަށް މާފު ދެއްވައިފި އެވެ.

އުމުރުން 54 އަހަރުގެ ހަންޓާ ބައިޑެން ގެ މައްޗަށް ސާބިތުވެފައިވާ ކުށްތަކުގެ ތެރޭގައި ގަވާއިދާ ހިލާފަށް ބަޑި ގެންގުޅުން، ޓެކްސް ފްރޯޑް ގެ މައްސަލަ، ކޮކެއިންގެ ނުފޫޒުގައި ނެތް ކަމަށް ދޮގު މައުލޫމާތު ދިނުމުގެ އިތުރުން އިތުރު ދެ މައްސަލައެއް ހިމެނެ އެވެ. މި ކުއްތަކަށް ހަންޓާ އިއުތިރާފު ވެފައި ވަނީ މިދިޔަ ޖޫން މަހުގަ އެވެ.

ހަންޓާ ބައިޑެން ވަނީ ސެޕްޓެމްބަރ މަހު ފެޑެރަލް ޓެކްސް ފްރޯޑްގެ 9 ދައުވާ އަކަށް އިއުތިރާފު ވެފަ އެވެ. ބީބީސީއިން ރިޕޯޓުކޮށްފައިވާ ގޮތުން މި މައްސަލާގައި 17 އަހަރުގެ ޖަލު ހުކުމުގެ އިތުރުން ބަޑި ގެންގުޅުނު މައްސަލާގައި 25 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. މި މައްސަލަ ތަކުގެ ހުކުމް އިއްވެވުން ތާވަލު ކުރެވިފައި ވަނީ ޑިސެމްބަރ މަހުގެ 12 އަދި 16 ވަނަ ދުވަހަށެވެ.

މި މައްސަލަ ތަކާއި ގުޅިގެން ކުރިން ޖޯ ބައިޑެން ވިދާޅުވެފައިވަނީ ހަންޓާގެ މައްސަލައަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ. އެހެންނަމަވެސް އިއްޔެ ނެރުއްވި ބަޔާނުގައި ބައިޑެން ވިދާޅުވެފައިވަނީ އަދުލު އިންސާފުގެ ނިޒާމަށް ސިޔާސީ ނުފޫޒު ވަދެ، އިންސާފު ގެއްލިގެން ގޮސްފައިވާ ކަމަށެވެ. އަދި ހަންޓާގެ މައްޗަށް ކުށް ސާބިތުވެފައިވަނީ ހަމައެކަނި އޭނާއަކީ ރައީސްގެ ދަރިއަކަށްވާތީ ކަމަށް ކޮންމެ ބުއްދިވެރިއަކު ގަބޫލުކުރާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ

”އަޅުގަނޑު އުންމީދުކުރަނީ އެމެރިކާގެ ރައްޔިތުން އެނގިވަޑައިގަންނަވާނެ ކަމަށް، ކީއްވެގެންކަން ބައްޕައެއް އަދި ރައީސެއްގެ ހައިސިއްޔަތުން މި ނިންމެވުން ނިންމެވީ“

އެމެރިކާގެ ތާރީހުގައި ކުރީގެ ރައީސުންވެސް ވަނީ އާއިލާގެ މެންބަރުންނަށް މާފު ދެއްވާފަ އެވެ. 2001 ވަނަ އަހަރު ކުރީގެ ރައީސް ބިލް ކްލިންޓަން ވަނީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ރޮޖާ ކްލިންޓަން ގެ މައްޗަށް ކޮށްފައިވާ ކޮކެއިންއާއި ގުޅުން ހުރި މައްސަލައަކަށް މާފު ދެއްވާފައެވެ. އަދި މީގެ އިތުރުން 2020 ވަނަ އަހަރު ޑޮނަލްޑް ޓްރަމްޕް ވަނީ އޭނާގެ އަންހެން ދަރިފުޅު އިވާންކާ ޓްރަމްޕް ފިރިމީހާގެ ބައްޕަ ޗާލްސް ކުޝްނާއަށް މާފު ދެއްވާފަ އެވެ.

އެމެރިކާ އެމެރިކާގެ ރައީސް ޖޯ ބައިޑަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ