ސިންވާރްގެ މަރާއި އެއްކޮށް ގައްޒާގައި ހަނގުރާމަކުރުން ހުއްޓާލުމަށް އީޔޫ އަދި އެމެރިކާއިން ގޮވާލައިފި

Advertisement

އެންމެ ފަސް

Advertisement

ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރްގެ މަރާއި އެއްކޮށް ގައްޒާގައި ހަނގުރާމަކުރުން ހުއްޓާލުމަށް އީޔޫ އަދި އެމެރިކާއިން ގޮވާލައިފި އެވެ.

އޭއެފްޕީ އިން ރިޕޯޓްކުރިގޮތުގައި މީގެ އެއް ދުވަސް ކުރިން ހުޅަނގުގެ ލީޑަރުން ބައިވެރިވެވަޑައިގަތް ބައްދަލުވުމެއްގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ސިންވާރް މަރުވުމުން އިޒްރޭލުން ގައްޒާގައި ކުރާ ހަނގުރާމައިގެ ބޭނުން ނިމުނީ ކަމަށް ވިދާޅުވެފަ އެވެ. އިޒްރޭލުން މިދިޔަ އަހަރުގެ އޮކްޓޫބަރުން ފެށިގެން ގައްޒާގައި ހަނގުރާމަ ކުރަމުންދަނީ ހަމާސްް ނައްތާލުމުގެ ބޭނުމުގަ އެވެ. ސިންވާރަކީ ނިމިދިޔަ އަހަރުގެ އޮކްޓޫބަރު 7 ގައި އިޒްރޭލަށް ހަމާސް އިން ދިން ހަމަލާގެ އެންމެ އިސް މޭސްތިރިޔާ އެވެ. އެ ހަމަލާގައި ރަހީނުކުރި އިޒްރޭލު ރައްޔިތުން އަދިވެސް ދޫކޮށްފައި ނުވެ އެވެ.

އިޒްރޭލަށް ހަތިޔާރާއި މާލީ އެހީ ފޯރުކޮށްދެއްވުމުގައި ދެމިހުންނެވި ބައިޑަންގެ އިތުރުން އީޔޫއިން މެދު އިރުމައްޗަށް ކަނޑައަޅާފައިވާ ފޮރިން ޕޮލިސީ ޗީފް ޖޮސެފް ބޮރެލް ވަނީ މިއީ ހަނގުރާމަ ހުއްޓާލަން ރަނގަޅު ވަގުތުކޮޅެއް ކަމަށް އިޒްރޭލަށް ގޮވާލައްވާފަ އެވެ. ނަމަވެސް، އަދިވެސް އިޒްރޭލުން ދަނީ ހުއްޓުމެއްނެތި ގައްޒާއަށް ހަމަލާ ދެމުން ނެވެ. މިހާރު ގައްޒާގެ އުތުރަށް އިންސާނީ އެހީ ނުވައްދާތާ 15 ދުވަސް ފާއިތުވެއްޖެ އެވެ. އަދި އދ. އިން ގައްޒާގައި ފެން ފޯރުކޮށްދިނުމަށް ފޮނުވާފައިިވާ ވޯޓާ އިންޖިނިއަރުންވެސް އިޒްރޭލުން ވަނީ މަރާލާފަ އެވެ.

ޔަހްޔާ ސިންވާރް މިދިޔަ ހަފްތާ ތެރޭގައި މަރާލާފައިވަނީ ގައްޒާއަށް އިޒްރޭލުން އޭނާއަށް ސީދާ އަމާޒުކުރި ބޮމުގެ ހަމަލާއެެއްގަ އެވެ.

ރާއްޖެ - އިޒްރޭލް އީޔޫ އެމެރިކާ ގައްޒާ ހަނގުރާމަ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ