އިޒްރޭލުގެ އުތުރަށް ދިން ޑްރޯން ހަމަލާއެއްގައި 20 މީހުންނަށް އަނިޔާވެއްޖެ

Advertisement

އެންމެ ފަސް

Advertisement

އިޒްރޭލުގެ އުތުރަށް ދިން ޑްރޯން ހަމަލާއެއްގައި 20 އާންމު މީހުންނަށް އަނިޔާވެއްޖެ އެވެ.

އަލް ޖަޒީރާއިން ބުނީ ހިޒްބުﷲ އިން ދިން ޑްރޯން ހަމަލާއެއްގައި އިޒްރޭލުގެ 4 ސިފައިންނެއް މަރުވެފައިވާ ކަމަށެވެ. އަދި އިތުރު 7 ސިފައިންގެ މީހުންނަށް އަނިޔާވެފައިވާ ކަމަށްވެސް ރިޕޯޓްކޮށްފައި ވެއެވެ.

ހިޒްބުﷲ އިން ވަނީ މި ހަމަލާގެ ޒިންމާ ނަގާފަ އެވެ. އަދި އިޒްރޭލުން ލުބްނާނަށް މިދިޔަ މަހުން ފެށިގެން ދޭ ހަމަލާތައް ހުއްޓާނުލާނަމަ އިޒްރޭލަށް އިތުރަށް ހަމަލާދޭނެ ކަމަށް އިންޒާރުދީފައި ވެއެވެ.

މީގެ އިތުރަށްވެސް، އިޒްރޭލު އަސްކަރިއްޔާއިން ވަނީ ހިޒްބުﷲ އިން ލުބްނާންގައި ހުންނަ އދ. ގެ މަރުކަޒަކަށް ދިން މިސައިލް ހަމަލާތަކެއްގައި 25 ސިފައިންގެ މީހުންނަށް އެކި ވަރުގެ ޒަހަމްތައް ލިބުނު ކަމަށެވެ. މި ހަމަލާ ކުށްވެރިކުރައްވަމުން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ ހިޒްބުﷲ ގެ އެ އަމަލަކީ ހަނގުރާމައިގައި ހިންގާ ކުށެއްގެ ގޮތުގައި ބެލެވޭނެ ކަމަށެވެ.

ލުބްނާންގައި ތިބި އދ. ގެ އެކި ގައުމުތަކަށް ނިސްބަތްވާ ޕީސްކީޕާސްއަށް ދަނީ ކޮންމެ ދުވަހަކު ހިނގާ ހަމަލާ ބަދަލުކުރުންތަކުގައި އެކި ވަރުގެ އަނިޔާތައް ލިބެމުން ނެވެ. ނަމަވެސް އެމީހުން އެތަނުގައި ސާބިތުކަމާއިއެކު ދެމިތިބޭނެ ކަމަށް ގުޓަރޭޒް ވިދާޅުވެފައި ވެއެވެ.

ހިޒްބުالل އިޒްރޭލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ