ލުބުނާނަށް އިސްރާއީލުން އެއްގަމުން އަރައިފިނަމަ އެކަމާ ކުރިމަތިލާން ތައްޔާރު: ހިޒްބުﷲ

Advertisement

Advertisement

އެންމެ ފަސް

Advertisement

ލުބުނާނަށް އިސްރާއީލުން އެއްގަމުން އަރައިފިނަމަ އެކަމާ ކުރިމަތިލުމަށް ހިޒްބުﷲ ތައްޔާރަށް ހުރި ކަމަށް އެ ޖަމާޢަތުގެ ނައިބު ލީޑަރު ނައިމް ޤާސިމް ވިދާޅުވެއްޖެ އެވެ.

އިސްރާއީލުން ހިޒްބުﷲގެ އިސްވެރިޔާ ހަސަން ނަސްރުއްލާ މަރާލި ފަހުން، ހިޒްބުﷲގެ ލީޑަރުގެ ހައިސިއްޔަތުން ޤާސިމް ދެއްވި ފުރަތަމަ ޢާންމު ތަޤްރީރުގައި އޭނާ ވިދާޅުވީ އިސްރާއީލަށް އެ ޤައުމުގެ މަޤްޞަދުތައް ހާސިލެއް ނުކުރެވޭނެ ކަމަށެވެ.

”އަޅުގަނޑުމެން ކޮންމެ ކަމަކާވެސް ކުރިމަތިލާނަން. އަދި އިސްރާއީލުން އެއްގަމުން އަރަން ނިންމައިފިނަމަ އަޅުގަނޑުމެން ތައްޔާރަށް ތިބޭނަން. އަދި ދެކޮޅުވެރިކަމުގެ ބާރުތައް ވެސް އެއްގަމުގައި ހަނގުރާމަ ކުރުމަށް ތައްޔާރަށް ތިބޭނަން،“ ޤާސިމް ވިދާޅުވިއެވެ.

މި ބަޔާން އައިސްފައިވަނީ ފާއިތުވި ދެ ހަފްތާގެ ތެރޭގައި އިސްރާއީލުގެ ބާރުތަކުން ލުބުނާނުގައި ހުރި ލަނޑުދަނޑިތަކަށް ގިނަ ހަމަލާތަކެއް ދީ، އެތައް ކޮމާންޑަރުންނެއް މަރާލާފައިވަނިކޮށެވެ.

ހޯމަ ދުވަހު ލުބުނާނުގެ ޠޫރު ސިޓީގައި އިސްރާއީލުން ވައިގެ މަގުން ދިން ހަމަލާއެއްގައި ހަމާސްގެ ލީޑަރެއް މަރާލައިފައިވާ ކަމަށް އެ ޖަމާޢަތުން ބުނެފައިވެ އެވެ. އަދި އެހެން ފަލަސްޠީނު ޖަމާޢަތަކުން ބުނެފައިވަނީ ބެއިރޫޓުގެ މެދުތެރޭގައި ދިން ހަމަލާއެއްގައި އެ ޖަމާޢަތުގެ ތިން ލީޑަރުން މަރުވެފައިވާ ކަމަށެވެ.

މިހާރު މި ހަނގުރާމައިގެ ވަނީ ފަލަސްޠީނުގެ ސަރަޙައްދުތަކާއި، ޣައްޒާއާއި، އޮކިއުޕައިޑް ވެސްޓް ބޭންކާއި، ޔަމަނާއި، އަދި އިސްރާއީލުގެ އެތެރެއަށް ވެސް ފުޅާވެފަ އެވެ. މި ހާލަތުގައި، ހިޒްބުﷲގެ ނައިބު ލީޑަރުގެ ބަސްތަކުން ދޭހަވަނީ އިތުރަށް ހަނގުރާމަ ފުޅާވެދާނެ ކަމުގެ ނުރައްކަލެވެ.

މި ހަނގުރާމައިގެ ސަބަބުން މުޅި މެދުއިރުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެ، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކަންބޮޑުވުން އިތުރުވަމުންދާ ދަނޑިވަޅެއްގައި ހިޒްބުﷲގެ މި ބަޔާން އައިސްފައިވާތީ، ކުރިއަށް އޮތް ދުވަސްތަކުގައި މި ސަރަޙައްދުގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ސިޔާސީ ތަޙުލީލުވެރިން ލަފާކުރެ އެވެ.

ހިޒްބުالل އިޒްރޭލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ