އޯއައިސީގެ ކުއްލި ބައްދަލުވުމަކަށް އީރާން އިން ގޮވާލައިފި

Advertisement

އެންމެ ފަސް

Advertisement

އީރާނުން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ކުއްލި ބައްދަލުވުމަކަށް ގޮވާލައިފި އެވެ.

އީރާންގެ އައުްޓްލެޓް ”ދަ މެހެރް“ އިން ރިޕޯޓްކުރި ގޮތުގައި އީރާނުން މިގޮތަށް އަމަލުކުރީ އެގައުމުން ފަންޑްކުރާ ހިޒްބުﷲ ގެ ހަނގުރާމަވެރިން ދިރިއުޅޭ ލުބްނާންގެ ސަރަހައްދުތަކަށް އިޒްރޭލުން ދޭ ހަމަލާތައް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

އިޒްރޭލުން ވަނީ ލުބްނާންގައި ހަނގުރާމަ ކުރަން މިރޭ އިއުލާންކޮށްފަ އެވެ. އަދި ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރަﷲ މަރާލަން މިރޭ ދިން ހަމަލާއެއްގައި އޭނާ މަރުވި ކަމަށް ބެލެވޭ ކަމުގައި ބުނެފައި ވެއެވެ.

ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރަﷲ މަރުވިކަމުގެ ހަބަރު ކޮންމެ ވަގުތެއްގައިވެސް އައިސްދާނެ ކަމުގައި އިޒްރޭލުގެ އަސްކަރީ އޮފިޝަލަކު ބުނެފި އެވެ.

އަލް ޖަޒީރާއިން ބުނި ގޮތުގައި އިޒްރޭލު އަސްކަރިއްޔާއިން މިގޮތަށް ބުނީ ލުބްނާންގައި ހުންނަ ހިޒްބުﷲ ގެ މައި ހެޑްކުއާޓާއަށް ދިން ވައިގެ ހަމަލާއަށް ފަހު އެވެ. މި ހަމަލާގައި ދެމީހަކު މަރުވެފައި ވެއެވެ. ބޮމުގެ ހަމަލާ ދިން ވަގުތުގައި ނަސްރަﷲ ހުރީ އެ އިމާރާތުގައި ކަމަށް ބުނެވެ އެވެ. ނަމަވެސް، ނަސްރަﷲ އަށް އޭގެ އަސަރު ކުރި ކަން އަދި ސާފު ނުވާ ކަމަށް އިޒްރޭލުން ބުނެ އެވެ. މި ހަމަލާގައި 6 އިމާރާތެއް ބިމާއި ހަމަވި އެވެ. އަދި 70 އަށްވުރެ ގިނަ މީހުންނަށް އަނިޔާ ލިބިފައި ވެއެވެ.

މި ހަމަލާއަކީ ފާއިތުވި ހަފުތާގައި އިޒްރޭލުން ހިޒްބުﷲ ގެ ބާރުގެ ދަށުގައިވާ ބެއިރޫޓުގެ ދެކުނު ސަރަޙައްދު ކަމަށްވާ ދަހިޔާއަށް ދިން 4 ވަނަ ހަމަލާ އެވެ.

އެއާއެކު، އިޒްރޭލުން ވަނީ މީގެ ހަފްތާއެއް ކުރިން ލުބްނާންގެ ދެކުނަށް ދޭން ފެށި ހަމަލާތައް ހަނގުރާމައަކަށް ބަދަލުކުރަން އުޅޭ ކަމަށް އިއުލާންކޮށްފަ އެވެ. ގައްޒާގައި 7 އޮކްޓޫބަރުން ފެށިގެން ކުރަމުންދާ ހަނގުރާމަ ލުބްނާނަށް ފުޅާކުރަން އިޒްރޭލުން ނިންމާފައި ވެއެވެ.

އީރާން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ