ރަހީނުން ސަލާމަތްކުރުމަށް ނަތަންޔާހޫ އެކަށީގެންވާ މަސައްކަތެއް ނުކުރޭ: ބައިޑަން

Advertisement

އެންމެ ފަސް

Advertisement

ރަހީނުން ސަލާމަތްކުރުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

7 އޮކްޓޫބަރުގައި އިޒްރޭލުގެ ބިމުން ހަމާސްއިން ރަހީނުކުރި މީހުންގެ ތެރޭގައި އެމެރިކާ ރައްޔިތުންވެސް ހިމެނެ އެވެ.

އެމެރިކާއިން ދަނީ ރަހީނުން ދޫކޮށްލުމަށް އިޒްރޭލަށް ބާރުއަޅަމުން ނެވެ. ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ބައިޑަން ވިދާޅުވީ މި ހަފްތާ ތެރޭގައި ރަހީނުން މިިނިވަންކުރުމުގެ އެއްބަސްވުމަކާއި ގާތްވެފައިވާ ކަމަށެވެ. ނަމަވެސް ހަމާސްއާއިއެކު އެކަމުގެ މަޝްވަރާކުރުމަށް ނަތަންޔާހޫ އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ބައިޑަން ތުހުމަތުކުރެއްވި އެވެ.

ބައިޑަން ނޫސްވެރިންނަށް މިހެން ވިދާޅުވީ ހަފްތާ ބަންދުގައި ހަމާސްއިން މަރާލި ހަ ރަހީނެއްގެ ހަށިގަނޑު ގައްޒާގެ ޓަނަލެއްގެ ތެރެއިން ފެނުނު ފަހުން ނެވެ. ފެނުނު މީހުންގެ ތެރޭގައި އުމުރުން 23 އަހަރުގެ އެމެރިކާ ޔަހޫދީއެއް ކަމަށްވާ ހެރްޝް ގޯލްޑްބަރގް-ޕޮލިންގެ ހަށިގަނޑު ހިމެނެ އެވެ. އެއާއެކު، ނަތަންޔާހޫއާއި ދެކޮޅަށް އިޒްރޭލުގައި މިހާތަނަށް ނުކުރާ ވަރުގެ ބޮޑު މުޒާހަރާއެއް ކުރިއަށްގެންދަން ފަށާފައި ވެއެވެ.

ބައިޑެންގެ ވެރިކަމުގައި ހަމާސް އިން އެއްބަސްވުމެއް ހިފަހައްޓާފައިވާ ކަމަށް ތަކުރާރުކޮށް ތުހުމަތު ކުރި ނަމަވެސް ދާދި ފަހުން އެމެރިކާ އާއި ބޭރުގެ އޮފިޝަލުން ވަނީ ނަތަންޔާހޫ ތައާރަފްކުރި ޝަރުތުތަކުގެ ސަބަބުން ވެސް އެއްބަސްވުމުގެ މަސައްކަތްތަކަށް ބުރޫ އަރާ ކަމަށް ބުނެފަ އެވެ.

ހަމާސް އިޒްރޭލް އެމެރިކާ އެމެރިކާގެ ރައީސް ޖޯ ބައިޑަން ފަލަސްތީން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ