ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސް ގައްޒާއަށް ވަޑައިގަންނަވަނީ

Advertisement

އެންމެ ފަސް

Advertisement

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ގައްޒާއަށް ވަޑައިގަންނަވާނެ ކަމަށް އިއުލާންކުރައްވައިފި އެވެ.

އުމުރުން 88 އަހަރުގެ މަހްމޫދު މިކަން އިއުލާންކުރެއްވީ ތުރުކީގެ ގާނޫނު ހަދާ މަޖިލީސްގައި ވާހަކަދައްކަވަމުން ނެވެ.

މިއީ ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ޕީއެލްއޯގެ ލީޑަރަކު ގައްޒާއަށް ވަޑައިގަންނަވާނެ ފުރަތަމަ ފަހަރެވެ. ނަމަވެސް މަހްމޫދު ގައްޒާއަށް ވަޑައިގަންނަވާނެ ވަކި ތާރީހެއް ހާމަކުރައްވާފައި ނުވެ އެވެ.

މަހްމޫދު ވިދާޅުވީ އެމަނިކުފާނު ގައްޒާއަށް ވަޑައިގަންނަވާނީ ފުރާނައަށް ނުރައްކާތެރިކަން އެނގި ހުންނެވި ހާލުގައި ކަމަށެވެ.

”ކުޑަކުއްޖެއްގެ ފުރާނަ ކުރިމަތީގައި އަޅުގަނޑުގެ ފުރާނައަކީ މާ ބޮޑު އެއްޗެއް ނޫން“

މަހްމޫދުގެ ޕާޓީއަކީ ގައްޒާގައި ގިނަ ބައެއްގެ ތާއީދު ހޯދާފައިވާ ހަމާސްއަށް ތާއީދުނުކުރާ ޕާޓީއެކެވެ. ނަމަވެސް އެމަނިކުފާނު ވަނީ އީރާންގައި ހަމާސްގެ ލީޑައު އިސްމާއީލް ހަނިއްޔާ ޝަހީދުކުރުން ކުށްވެރިކުރައްވާފަ އެވެ. އެއީ ”ފިނޑި އަމަލެއް“ ގެ ގޮތުގައި މަހްމޫދު ސިފަކުރައްވާފަ އެވެ.

2005 އިން ފެށިގެން ގައްޒާ އޮންނަނީ ހަމާސްގެ ކޮންޓްރޯލްގެ ދަށުގަ އެވެ. މަހްމޫދު ވަނީ އެކަން ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވެ، ފަލަސްތީނުގައި ވަކި ދައުލަތެއް އޮވެގެން ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

 

ހަމާސް ފަލަސްތީން ތުރުކީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ