ޖަޕާނުގެ ބޮޑުވަޒީރު ސެޕްޓެމްބަރު މަހު މަގާމުން އިސްތިއުފާ ދެއްވަނީ

Advertisement

އެންމެ ފަސް

Advertisement

ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ ސެޕްޓެމްބަރު މަހު މަގާމުން އިސްތިއުފާ ދެއްވަން އުޅޭ ކަމަށް އިއުލާންކޮށްފި އެވެ.

ކިޝިޑާ މިކަން އިއުލާންކުރެއްވީ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

ކިޝިޑާ ވިދާޅުވީ އެލްޑީޕީގެ ލީޑަރުގެ ގޮތުގައިވެސް ކުރިއަށް އޮންނަ އިންތިހާބުގައިވެސް ވާދަނުކުރައްވާނެ ކަމަށެވެ. އަދި އެލްޑީޕީއަށް އާ ލީޑަރެއް ބޭނުންވާ ކަމަށްވެސް ކިޝިޑާ ވިދާޅުވި އެވެ.

”އެލްޑީޕީއަކީ ބަދަލުވަމުން އަންނަ ޕާޓީއެއްކަން ރައްޔިތުންނަށް ދައްކަން މިއީ ޕާޓީގެ ލީޑާޝިޕަށް އާ މޫނެއް ބޭނުންވާ ވަގުތުކޮޅެއް“

ކިޝިޑާ ވަނީ 2021 ވަނަ އަހަރުގައި ޖަޕާނުގެ ބޮޑުވަޒީރު ކަމަށް އިންތިހާބުވެވަޑައިގެންފަ އެވެ. ނަމަވެސް މިހާރު އެމަނިކުފާނަށް އޮތް މަގްބޫލުކަން ގެއްލިފައިވާ ކަމަށް ޖަޕާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. ކިޝިޑާގެ މަގްބޫލުކަން ގެއްލުނީ އެލްޑީޕީ ތެރެއިން ކޮރަޕްޝަންގެ އަމަލެއް ހިންގި ފަހުން ނެވެ.

ކިޝިޑާއަކީ މީގެ ކުރިން ޖަޕާނުގެ ފޮރިން މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.

ޖަޕާން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ