ޖަޕާނުގެ ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސް މުޢިއްޒު ފޮނުއްވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ޖަޕާނުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެގައުމުގެ އިސްވެރިންނަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފި އެވެ.

ރައީސް މުއިއްޒު ވަނީ އެ ޤައުމުގެ އެމްޕެރާ ނަރުހިތޯ އަދި ޕްރައިމް މިނިސްޓަރ ޝިގެރޫ އިޝިބާއަށާއި، ޖަޕާނުގެ ސަރުކާރަށާއި، އެ ޤައުމުގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާފަ އެވެ.

ރައީސް ޖަޕާނުގެ އެމްޕެރާއަށާއި ބޮޑުވަޒީރަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުތަކުގައި، ރާއްޖެއާއި ޖަޕާނާ ދެމެދުގައި އޮތް ޒަމާންވީ ރަޙްމަތްތެރިކަމުގެ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައިވެ އެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުން ބިނާވެފައި ވަނީ އެއްޤައުމު އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި އިތުބާރުގެ މައްޗަށްކަން ފާހަގަކުރައްވާފައިވެ އެވެ.

މީގެއިތުރުން، ރާއްޖޭގެ ތަރައްޤީއަށް ޖަޕާނުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައްވެސް ރައީސް މުޢިއްޒު ފާހަގަކުރައްވާފައިވެ އެވެ. އަދި ޖަޕާނުގެ އެމްޕެރާއާއި ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކާއި އުފާފާގަތިކަމަށް އެދިވަޑައިގެންފައިވާއިރު، ޖަޕާނުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށްވެސް އެދިވަޑައިގެންފައިވެ އެވެ.

ޖަޕާނުގައި ޤައުމީދުވަސް ފާހަގަ ކުރަނީ، އެ އިރެއްގައި ޖަޕާނުގެ އެމްޕެރާގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ އުފަންދުވަހާ ގުޅުވައިގެންނެވެ. އެގޮތުން މިހާރު ޖަޕާނުގެ ގައުމީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ފެބުރުވަރީ 23 ވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ޖަޕާން ޖަޕާން ޖަޕާންގެ ބޮޑުވަޒީރު ޝިގެރޫ އިޝިބާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ