ރިޔާސީ ރޭހުން ބޭރުވެވަޑައިގެންނެވުމަށްފަހު ބައިޑަން، ނައިބު ރައީސްއަށް ޓިކެޓް ދޭން ތާއީދުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މިއަހަރު ބާއްވާ ރިޔާސީ ރޭހުން ބޭރުވެވަޑައިގަތުމަށްފަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން ނައިބު ރައީސް ކަމަލާ ހެރިސްއަށް ޓިކެޓް ދޭން ތާއީދުކުރައްވާކަން އިއުލާންކުރައްވައިފި އެވެ.

ބައިޑަން މިކަން އިއުލާންކުރެއްވީ އެމަނިކުފާނުުގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެޕޯސްޓުގައި ބައިޑަން ވަނީ 2020 ވަނަ އަހަރު އެމެރިކާގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނުގެ ރަނިން މޭޓަކަށް ހެރިސް ހެއްދެވުމަކީ ނެންގެވުނު ވަރަށް ރަނގަޅު ނިންމެވުމެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އަދި އެމަނިކުފާނު އެމެރިކާ ރައްޔިތުންނާއި މުހާތަބުކުރައްވާ އެކްސްއަށް ދޫކުރެއްވި ސިޓީފުޅެއްގައި ވަނީ ކަމަލާ ހެރިސްއާއި ދެބޭފުޅުންނަށް އެކީގައި އެމެރިކާއަށް އެކި ދާއިރާތަކުން ކުރިއެރުންތައް ހޯއްދެވުނު ކަމަށް ވިދާޅުވެ، އެކަމަނާއަށް ޝުކުރު އަދާކުރައްވާފަ އެވެ.

އެއާއެކު، ރިޕަބްލިކަން ޕާޓީގެ ޓިކެޓްގައި މިއަހަރު ބާއްވާ އިންތިހާބުގައި ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް ޑޮނާލްޑް ޓްރަމްޕް ބަލިކުރެއްވުމަށް ޑިމޮކްރެޓްސްގެ ރިޔާސީ ނޮމިނީ، ކަމަލާ ހެރިސްއަށް ވޯޓު ދެއްވުމަށް ބައިޑަން އިލްތިމާސްކުރައްވާފައި ވެއެވެ.

ކަމަލާ ހެރިސްއަކީ އިންޑިއާއަށް ނިސްބަތްވެވަޑައިގަންނަވާ އެފްރިކާ ނަސްލުގެ އަންހެން ކަނބަލެކެވެ. ޑިމޮކްރެޓްސްގެ ޓިކެޓްގައި ވާދަކުރައްވައިގެން ހެރިސްއަށް އެމެރިކާގެ ވެރިކަން ލިބިވަޑައިގެންފިނަމަ އެކަމަނާ ވެވަޑައިގަންނަވާނީ އިންޑިއާ ދަރިކޮޅުގެ ފުރަތަމަ އެމެރިކާގެ ރައީސާއަށެވެ. އަދި އެމެރިކާގެ ވެރިކަމަށް ވަޑައިގަންނަވާނެ ފުރަތަމަ އަންހެން ބޭފުޅާއަށްވެސް މެއެވެ.

2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ޓިކެޓްގައި ވާދަކުރެއްވީ އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަންގެ އަނބިކަނބަލުން ހިލަރީ ކްލިންޓަން އެވެ.

އިންތިހާބު ބޯމަތިވެފައިވަނިކޮށް އެހެން ބޭފުޅަކު ރިޔާސީ ޓިކެޓަށް ނޮމިނޭޓްކުރުމާއި ގުޅިގެން ޓްރަމްޕް ވަނީ ”ނުލަފާ ޖޯ ބައިޑަންއަކީ ވެރިކަމަށް އެއްވެސް އިރެއްގައި އެކަށީގެންނުވާ އަދި ދުވަހަކުވެސް އެކަށީގެންނުވާނެ“ ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

 

އެމެރިކާ އެމެރިކާގެ ރައީސް ޖޯ ބައިޑަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ