މޯދީގެ ފުރަތަމަ ރަސްމީ ދަތުރު ރަޝިޔާއަށް

Advertisement

އެންމެ ފަސް

Advertisement

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ތިން ވަނަ ދައުރަށް ހުވާކުރެއްވިފަހުން އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރައްވަނީ ރަޝިޔާއަށް ކަމަށް ރަޝިޔާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފި އެވެ.

ރަޝިޔާގެ ރައީސް އޮފީހުގެ އޮފިޝަލަކާއި ހަވާލާދީ އެގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކުރިގޮތުގައި މޯދީ ރަޝިޔާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގަ އެވެ.

އެހެން ނަމަވެސް މޯދީ ރަޝިޔާއަށް ވަޑައިގަންނަވާ ދުވަހެއް ހާމަކޮށްފައި ނުވެ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި މޯދީ ތިން ވަނަ ދައުރަށް ހުވާކުރެއްވިފަހުން ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ވަނީ އެމަނިކުފާނާއި ބައްދަލުކުރެއްވުމަށް ރަޝިޔާއަށް ވަޑައިގަތުމަށް ދައުވަތު އަރުއްވާފަ އެވެ.

 

ރަޝިޔާ ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ