ރަޝިޔާއިން އެމެރިކާގެ ދުޝްމަނުންނަށް ހަތިޔާރު ފޯރުކުރަން އިއުލާންކޮށްފި އެވެ.
ރަޝިޔާއިން މިގޮތަށް އިއުލާންކުރީ އެމެރިކާއިން ޔޫކްރެއިނަށް އެހީވުމާއި ގުޅިގެން ނެވެެ. އިޒްރޭލަށް އަވަދިނެތި ހަތިޔާރު ފޯރުކުރަމުންދާ އެމެރިކާއިން ޔުކްރެއިނަށް ހަތިޔާރު ފޯރުނުކުރާތާ ފުދޭވަރަކަށް ދުވަސް ވެއްޖެ އެވެ. އެކަމަށްޓަކައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ޔޫކްރެއިންގެ ރައީސް ވްލަޑިމިއާ ޒެެލެންސްކީގެ ކިބައިން މައާފަށްވެސް އެދިވަޑައިގެންފަ އެވެ.
މިހާރު ރަޝިޔާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައިގައި އެމެރިކާއިން ޔޫކްރެއިނަށް މާލީގޮތުން އެހީތެރިވަމުންދާއިރު ޔޫކްރެއިނުން ވަނީ ރަޝިޔާއަށް ދޭ ހަމަލާތައް ވަރުގަދަކޮށްފަ އެވެ.
ބައިޑަން ވަނީ 225 މިލިއަން ޑޮލަރުގެ އެހީއެއް ޒެލެންސްކީއަށް ފޯރުކޮށްދެއްވާފަ އެވެ. ދެބޭފުޅުން ބޭއްވި އެ ބައްދަލުވުމުގައި ޒެލެންސްކީ ވަނީ ރަޝިޔާ ކިބައިން ދިފާއުވުމަށް ރަޝިޔާ ސިފައިންގެ އިތުރަށް ރަޝިޔާގެ ބިމުގެ ބޮޑު ބަަޔަކަށް ހަމަލާދޭން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފަ އެވެ.
އދ. އިން ވަނީ ކުޑަކުދިން މަރާ ގައުމުތަކުގެ ބްލެކްލިސްޓުގައި ރަޝިޔާ ހިމަނާފަ އެވެ.
ރަޝިޔާ ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން އެމެރިކާ އެމެރިކާގެ ރައީސް ޖޯ ބައިޑަން ޔޫކްރެއިން-ރަޝިޔާ