އަރމާނީ ބްރޭންޑްގެ އޯނަރު ޖޯޖިއޯ އަރމާނީ މަރުވެއްޖެ

Advertisement

އެންމެ ފަސް

Advertisement

އިޓަލީގެ މަޝްހޫރު ފެޝަން ޑިޒައިނަރު އަދި އަރމާނީ ކުންފުނީގެ އޯނަރު ޖޯޖިއޯ އަރމާނީ އުމުރުން 91 އަހަރުގައި މަރުވެއްޖެ އެވެ.

އޭނާއަކީ އިޓަލީގައި މި ޒަމާނުގެ ސްޓައިލްގެ ނަމޫނާއެއްގެ ގޮތުގައި ބެލެވޭ، ފިރިހެނުންނާއި އަންހެނުންގެ ސޫޓުތައް މިޒަމާނުގެ ފެންވަރަށް އާ ޑިޒައިންތަކަށް ފަރުމާކުރި ފަރާތެކެވެ.

އަރމާނީގެ ކުންފުނިން ފެޝަންގެ ދާއިރާއިން ވިޔަފާރި ފެށި ނަމަވެސް އެ ވިޔަފާރި ފުޅާކޮށް ބިއުޓީ، ފްރެގްރެންސް، މިއުޒިކް، ކުޅިވަރު އަދި ލަގްޒަރީ ހޮޓާތަކުގެ ދާއިރާއަށް ވަދެފައިވެ އެވެ. މިހާރު އެ ކުންފުންޏަށް އަހަރަކު 2 ބިލިއަން ޕައުންޑަށް ވުރެ ބޮޑު އާމްދަނީއެއް ލިބެ އެވެ.

އަރމާނީގެ ވަކިވުމާއެކު ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅު ކުރަމުންނެވެ. ބައެއް ފަރާތްތަކުން ވަނީ މިއަދު ވަކިވެގެން އެ ދިޔައީ ދުނިޔޭގެ ފެޝަންގެ ދާއިރާއިން މުހިންމު ބޭފުޅެއްކަމަށާއި އޭނާގެ ތާރީހު ލިޔެ އަބަދަށް ހަނދާންކުރަން ޖެހޭކަމަށް ބުނެފަ އެވެ. އިޓަލީގެ ބޮޑުވަޒީރު މެލޯނީވެސް ވަނީ އަރމާނީގެ ވަކިވެދިޔުމާއެކު ހިތާމަ ފާޅުކޮށް އަރމާނީ އަކީ އޭނާގެ ޑިޒަިންތަކާއެކު މުޅި ދުނިޔެ އާޝޯހުކޮށްލި ފަރާތެއްކަމަށް ވިދާޅުވެފަ އެވެ.

އަރމާނީ ބްރޭންޑްގެ އިންސްޓަގްރާމް ޕޭޖްގައި ބުނެފައިވަނީ އޭނާ އެންމެ ފަހު ދުވަސްތަކާ ހަމައަށްވެސް މަސައްކަތް ކުރައްވަމުން ގެންދެވި ކަމަށާއި، އަރމާނީ ކުންފުންޏަށާއި، އަރމާނީ ކަލެކްޝަންތަކަށާއި، ކުރިއަށް ހުރި ގިނަ މަޝްރޫތަކަށް އަމިއްލަފުޅު ވަގުތު ހޭދަކުރެއްވި ކަމަށެވެ.

ރެޑް ކާޕެޓް ފެޝަން މިއަދު ފެންނަ ފެންވަރަށް އުފުލުމުގައި އަރމާނީގެ ދައުރު ފާހަގަކޮށްލެވެ އެވެ. އަދި 2006 ވަނަ އަހަރު މޮޑެލް އަނާ ކެރޮލީނާ ރެސްޓަން، އެނޮރެކްސިއާ ނާވޯސާގެ ސަބަބުން ނިޔާވުމާ ގުޅިގެން، ހަށިގަނޑު އަނަރޫފަވެފައިވާ މޮޑެލުން ރަންވޭގައި ބޭނުން ނުކުރުމަށް ނިންމި ފުރަތަމަ ޑިޒައިނަރަކީވެސް އޭނާ އެވެ.

ވައްޓަފާޅި

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ