ދުނިޔޭގެ އެންމެ މުސަހަނދި މީހާ، އިލޯން މަސްކުގެ ނަން ބަދަލުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ދުނިޔޭގެ އެންމެ މުއްސަނދި މީހާ އަދި ޓެކްނޮލޮޖީގެ ދާއިރާގެ ބިޔަ ވިޔަފާރިވެރިޔާ އިލޯން މަސްކް، އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި އޭނާގެ ނަން ”ކެކިއަސް މެކްސިމަސް“ އަށް ބަދަލުކޮށްފި އެވެ.

މި ބަދަލު ގެނެސްފައިވަނީ އިއްޔެ ރޭގައެވެ.

މަސްކްގެ މި ބަދަލު ވަނީ ސޯޝަލް މީޑިއާގައި ގިނަ ބަޔަކުގެ ސަމާލުކަން ހޯދައިފައެވެ. އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގާތް އެކުވެރިޔާ ކަމަށްވާ މަސްކް، މި ނަމާއި އޭނާގެ އައު ޕްރޮފައިލް ފޮޓޯއާ ބެހޭގޮތުން އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ. އޭނާގެ އައު ޕްރޮފައިލް ފޮޓޯގައި ވަނީ ޕެޕޭ ދި ފްރޮގް ކިޔާ ކެރެކްޓަރެއް ކަމަށްވާއިރު، މިއީ ހައްދުފަހަނައަޅާފައިވާ ކަނާތްފަރާތުގެ ގްރޫޕްތަކުން ބޭނުންކުރާ މީމްއެކެވެ.

އީލޯން މަސްކްގެ އެކްސް ޕްރޮފައިލް

މަސްކްގެ މި ބަދަލުގެ ސަބަބުން ކްރިޕްޓޯކަރަންސީގެ ދުނިޔެއަށް ވަނީ ބޮޑު އަސަރެއް ކޮށްފައެވެ. މި ނަމާއި އެއް ނަމެއް ހިއްސާކުރާ މީމްކޮއިނެއްގެ އަގު ވަނީ ކުއްލިއަކަށް އުފުލިފައެވެ. ނަމަވެސް މި ވަކި މީމްކޮއިނާއި މަސްކާ ދެމެދު ގުޅުމެއް އޮތްކަން މިވަގުތު ކަށަވަރެއް ނުވެއެވެ.

”ކެކިއަސް“ އަކީ ”ކެކް“ ގެ ލެޓިން ބަހުގެ ވަރޝަނެއް ކަމަށް ބެލެވޭއިރު، ”ކެކް“ އަކީ ގާތްގަނޑަކަށް ”laugh out loud“ އާ އެއްމާނައެއްދޭ ބަހެކެވެ. މިއީ ގޭމަރުންގެ މެދުގައި މަޤްބޫލު ބަހެއް ނަމަވެސް، މިހާރު މި ބަސް ގިނަފަހަރަށް ގުޅުވަނީ އޯލްޓް ރައިޓް ފިކުރާއެވެ. ”ކެކް“ އަކީ އަނދިރީގެ ކުރީގެ މިޞްރުގެ އިލާހުގެ ނަން ވެސް މެއެވެ.

މަސްކްގެ އައު ނަމުގެ ދެވަނަ ބައި ކަމަށްވާ ”މެކްސިމަސް“ އަކީ ފިލްމު ގްލެޑިއޭޓަރގައި ރަސެލް ކްރޯ ކުޅުނު ބަޠަލު ކެރެކްޓަރ، މެކްސިމަސް ޑެސިމަސް މެރިޑިއަސްގެ ނަމާ ގުޅުން ހުރި ބަހެކެވެ.

އިލޯން މަސްކް އެމެރިކާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ