ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ޓީސީ ސްޕޯޓްސް ކްލަބް އަތުން އެއްވަރުވުމުގެ ފައިދާ އޮޑި ސްޕޯޓްސް ކްލަބުން ނަގައިފިއެވެ.
ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާ ވަނީ ތާވަލުގެ ފުލުގައި އޮތް އޮޑި ސްޕޯޓްސް ކްލަބް އަތުން 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. މިއަދު ހަވީރު 5-1 ގެ ނަތީޖާއަކުން ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް، އޮޑިން ވަނީ މާޒިޔާ އާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފައެވެ. މާޒިޔާއަށް 31 ޕޮއިންޓު ލިބިފައިވާއިރު، އޮޑިއަށް ވަނީ 28 ޕޮއިންޓު ލިބިފައެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފެށިގެން 26 ވަނަ މިނެޓުގައި ޔޫވީގެ މުހައްމަދު ސަމްހާން އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ. އޭގެ އަށް މިނެޓު ފަހުން ޔޫވީގެ އޭރިއާ ތެރެއިން އޮޑިގެ އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) އަށް ޔޫވީގެ ކީޕަރު މުސްތަފާ އަލީ ކުރި ފައުލަކާ ގުޅިގެން އޮޑިއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ޕެނަލްޓީ ކާމިޔާބުކޮށް، ކަރޮލިސް ލަައުކްޒެމިސް ވަނީ އޮޑިއަށް ލީޑު ފުޅާކޮށްދީފައެވެ.
ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި ކަރޮލިސް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާފައެވެ. އަދި އޭގެ އަށް މިނެޓު ފަހުން މުޒްދާން ހަސަން ވަނީ އޮޑިގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން އަހުމަދު އައިހަމް (އައިހު) ވަނީ އެ ޓީމުގެ ފަސްވަނަ ލަނޑު ޖަހާފައެވެ.
މިއަދުގެ މެޗުގައި ޔޫވީގެ ހަމައެކަނި ލަނޑު ޖެހީ މުސްތަފާ އަލީ އަލް ޝާޒްލީ އެވެ.



