ހުޅުމާލޭގައި ލަގްޒަރީ ހައުސިންގ ޔުނިޓްތަކެއް ތަރައްގީކުރަން ބަޔަކު ހޯދަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލޭގައި ލަގްޒަރީ ހައުސިންގ ޔުނިޓްތަކެއް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާންކޮށްފި އެވެ.

މި މަޝްރޫއުގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ނުވަތަ އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ބުދަ ދުވަހެވެ.

އެޗްޑީސީން ބުނި ގޮތުގައި، މި މަޝްރޫއު ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އީއޯއައި ހުށަހެޅުމުގެ ފުރުސަތު އަންނަ ބުދަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ. މި މުއްދަތުގެ ތެރޭގައި ހުށަހަޅާ ހުށަހެޅުންތައް ބަލައިގަނެ، މަޝްރޫއު ކުރިއަށް ގެންދާނެ ފަރާތެއް ހޮވުމުގެ މަސައްކަތް ފަށާނެ އެވެ.

އެޗްޑީސީން މި މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައި ވަނީ މައިގަނޑު ގޮތެއްގައި ޑިވެލޮޕްމެންޓް ސޭލްސް ރައިޓްސް މޮޑެލް (ޑީއެސްއާރުއެމް) ގެ ދަށުންނެވެ. މި މޮޑެލްގެ ދަށުން ހައުސިންގ ޔުނިޓްތައް ތަރައްގީކުރުމަށްފަހު އެ ތަންތަން ވިއްކުމުގެ ބާރު ވެސް ލިބޭނެ އެވެ. ނަމަވެސް، އެހެން މޮޑެލްތަކުގެ ދަށުން ވެސް މަޝްރޫއު ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އީއޯއައި ހުށަހެޅުމުގެ ފުރުސަތު އެބަ އޮތް ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

މި ލަގްޒަރީ ހައުސިން މަޝްރޫއު ހިންގުމަށް ހަމަޖެހިފައި ވަނީ 125387.81 އަކަފޫޓުގެ ބޮޑު ބިމެއްގަ އެވެ. މި ބޮޑު ބިމުގައި ޒަމާނީ ފެންވަރުގެ ލަގްޒަރީ އެޕާޓްމެންޓްތަކާއި ޚިދުމަތްތައް ގާއިމުކުރުމަށް ވަނީ ރާވާފަ އެވެ.

މި މަޝްރޫއު ހިންގުމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތްތަކުން އީއޯއައި ހުށަހަޅައިފި ނަމަ، އެޗްޑީސީން ނިންމާފައި ވަނީ އެ ކުންފުނީގެ މާސްޓާ ޕްލޭނާއި ހުޅުމާލޭގެ ތަސައްވުރާ އެންމެ އެއްގޮތް ހުށަހެޅުމަކަށް އިސްކަން ދީ، އެ ހުށަހެޅުމަކާ އެކު ކުރިއަށް ދިއުމަށެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހުޅުމާލެ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ