ރެކޯޑު މޮޅަކާއެކު ބުރުން ފެންވަރު ދައްކާލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ދިވެހި ޕްރިމިއާ ލީގުގައި ރޭ ބުރު ސްޕޯޓްސް ކްލަބުން 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް ފެންވަރު ދައްކާލައިފި އެވެ.

ބުރުން ހޯދި މި ނަތީޖާއަކީ ފުރަތަމަ ޑިވިޝަނުގައި އެ ޓީމަށް މިހާތަނަށް ހޯދުނު އެންމެ ރަނގަޅު ނަތީޖާ އެވެ. މީގެއިތުރުން، އެ ޓީމުން ވަނީ މި ސީޒަނުގައި އެންމެ ތަފާތު ބޮޑު ނަތީޖާއެއް ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ރެކޯޑާ އެއްވަރުކޮށްފަ އެވެ. މާޒިޔާ އިން ވަނީ ގްރީން ސްޓްރީޓްސް އަތުން 9-0 ގެ ނަތީޖާއަކުން މޮޅުވެފަ އެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗު ބުރުން ފެށީ ވަރުގަދަކޮށެވެ. އެގޮތުން، މެޗުގެ ފުރަތަމަ 15 މިނެޓު ތެރޭ އެ ޓީމުން ވަނީ ހަތަރު ލަނޑު ޖަހާފަ އެވެ. މެޗުގެ ހަތްވަނަ މިނެޓުގައި ބުރަށް ލީޑު ނަގައިދިނީ ސެނެގާލްގެ މިޑްފީލްޑަރު، ޑިއަވަންޑޫ ޑިއާނޭ އެވެ. މި ޓްރާންސްފާ ގައި ބުރާ ގުޅުނު ޑިއާނޭ އަކީ ކުރިން ބާސެލޯނާގެ ބީ ޓީމަށް ކުޅެފައިވާ ކުޅުންތެރިއެކެވެ.

މެޗުގެ ނުވަވަނަ މިނެޓުގައި ހަޑްސަން ޑިއާޒް ބުރުގެ ދެވަނަ ލަނޑު ޖެހިއިރު، އޭގެ ހަތަރު މިނެޓު ފަހުން ޔޫވީގެ ކީޕަރު އަލީ ނާޖިހު އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފަ އެވެ. އަދި އޭގެ މިނެޓެއް ފަހުން މުހައްމަދު ނާއިމް ވަނީ ބުރުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ.

މެޗުގެ 25 ވަނަ މިނެޓުގައި އަރީން އަބްދުﷲ އިބްރާހިމް ވަނީ ބުރުގެ ފަސްވަނަ ލަނޑު ޖަހާފަ އެވެ. އަދި އޭގެ ހަ މިނެޓު ފަހުން ހަޑްސަން ޑިއާޒް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާފަ އެވެ. އަދި ހާފު ނިމެން ގާތް ވެފައިވަނިކޮށް އަހުމަދު އަބްދުﷲ (ލިލީ) ވަނީ ބުރަށް ލަނޑު ޖަހައިދީފަ އެވެ. މިއާއެކު ބުރުން ފުރަތަމަ ހާފު ނިންމާލީ ހަތް ލަނޑުގެ ބޮޑު ލީޑެއްގައި އޮވެ އެވެ.

ދެވަނަ ހާފުގައި ހަޑްސަން ޑިއާޒް ވަނީ އިތުރު ދެ ލަނޑު ޖަހައި، ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މިއާއެކު ބުރުން ވަނީ 9-0 ގެ ބޮޑު ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފަ އެވެ.

ދިވެހި ޕްރިމިއާ ލީގު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ