ވެލެންސިއާ ބަލިކޮށް ނިއު އިން ދެވަނަ ބުރުގެ ފެށުން ރަނގަޅުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު 3-1 ގެ ނަތީޖާއަކުން ކްލަބް ވެލެންސިއާ ބަލިކޮށް، ނިއު އިން ދެވަނަ ބުރުގެ ފެށުން ރަނގަޅުކޮށްފި އެވެ.

ލީގުގެ ފުރަތަމަ ބުރު ނިމުނުއިރު ނިއު އޮތީ ތާވަލުގެ ތިންވަނައިގަ އެވެ. އެއްވަނައިގައި މާޒިޔާ އޮތް އިރު، އެ ޓީމާ ދެމެދު 10 ޕޮއިންޓުގެ ފަރަގެއް އޮތެވެ. ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި މާޒިޔާ އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކުރުމާއެކު އެ ޓީމާ ނިއު އާ ދެމެދު އޮތް ފަރަގު 13 ޕޮއިންޓަށް އިތުރުވި އެވެ. ނަމަވެސް، ނިއު އިން ވަނީ އިއްޔެގެ މެޗު ކާމިޔާބުކޮށް 10 ޕޮއިންޓަށް ފަރަގުކުޑަކޮށްފަ އެވެ.

އިއްޔެ ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ނިއުގެ ބްރެޒިލް މިޑްފީލްޑަރު، ގޯމޭސް ޑަ ސިލްވާ ވަނީ ލަނޑެއް ޖަހައި ނިއު އަށް ކުރިހޯދަދީފަ އެވެ.

ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި މުހައްމަދު ފާސިރު (ފާއްޓެ) ވަނީ ލަނޑު ޖަހައި ނިއު އަށް ލީޑު ފުޅާކޮށްދީފަ އެވެ. ފާސިރު ނިއުއާ ގުޅުނީ މި ޓްރާންސްފާ މާކެޓުގަ އެވެ. އަދި މިއީ ނިއުއަށް ސޮއިކޮށް، އޭނާ ކުޅުނު ފުރަތަމަ މެޗެވެ. އިއްޔެގެ މެޗަކީ 15 އަހަރަށްފަހު ފާއްޓެ ދިވެހި ޕްރިމިއާ ލީގުން ފެނުނު ފުރަތަމަ ފަހަރެވެ.

ވެލެންސިއާ އިން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 57 ވަނަ މިނެޓުގައެވެ. އެ ޓީމަށް ލަނޑު ޖަހައިދިނީ އައިދު މުހައްމަދު ޖަވީޒެވެ.

މެޗުގެ 74 ވަނަ މިނެޓުގައި ނިއުގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. މިއާއެކު އެ ޓީމުން ވަނީ ތިން ޕޮއިންޓު ކަށަވަރުކޮށްފި އެވެ.

މި ނަތީޖާއާއެކު ނިއު އޮތީ 20 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގަ އެވެ.

ދިވެހި ޕްރިމިއާ ލީގު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ