ރަފީނިއާގެ ދެ ލަނޑާއެކު ބާސެލޯނާއިން އޮސަސޫނާ ބަލިކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ސްޕެނިޝް ލީގުގައި ރޭ ރަފީނިއާ ކާމިޔާބުކުރި ދެ ލަނޑާއެކު ބާސެލޯނާ އިން 2-0 ގެ ނަތީޖާއަކުން އޮސަސޫނާ ބަލިކޮށްފިއެވެ.

ބާސެލޯނާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމަށް ލަނޑެއް ޖެހުނީ ގޯލަށް 23 ހަމަލާއެއް ފޮނުވާލި ފަހުންނެވެ. އެގޮތުން، ފެރާން ޓޮރޭސް ބޮލުން ޖެހި ބޯޅައެއް ގޯލުގެ ތެރެއަށް ވަތް ނަމަވެސް، ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. އޭގެފަހުންވެސް ފެރާން އަށް ލިބުނު ފުރުސަތެއްގައި އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ފުރަތަމަ ހާފުގައި ގިނަ ހަމަލާތަކެއް ފޮނުވާލި ބާސެލޯނާއަށް ލަނޑެއް ނުޖެހުނު ނަމަވެސް، ދެވަނަ ހާފުގައި އެ ޓީމުން ވަނީ ލަނޑު ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުކޮށްފައެވެ. މެޗުގެ 70 ވަނަ މިނެޓުގައި ޕެޑްރީ ތަނަވަސްކޮށްދިން ފުރުސަތަކުން ބާސެލޯނާއަށް ލީޑު ނަގައިދިނީ ރަފީނިއާ އެވެ.

އޮސަސޫނާ އިން ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރި ނަމަވެސް، ރަފީނިއާ ވަނީ މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް އިތުރު ލަނޑެއް ޖަހައި ބާސެލޯނާއަށް ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ.

މި މޮޅާއެކު ބާސެލޯނާ މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތީ ވާދަވެރި ރެއާލް މެޑްރިޑަށްވުރެ ހަތް ޕޮއިންޓު ކުރީގައެވެ. ބާސެލޯނާއަށް 17 މެޗުން 43 ޕޮއިންޓު ލިބިފައިވާއިރު، ރެއާލް އަށް 16 މެޗުން ލިބުނީ 36 ޕޮއިންޓެވެ.

ބާސެލޯނާ ސްޕެނިޝް ލީގު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ