އާނޯލްޑްގެ ފުރަތަމަ މެޗުން ރެއާލަށް މޮޅެއް

Advertisement

އެންމެ ފަސް

Advertisement

އިންގްލެންޑުގެ ޑިފެންޑަރު، ޓްރެންޓް އެލެކްސަންޑާ-އާނޯލްޑް ރެއާލް މެޑްރިޑަށް ކުޅުނު ފުރަތަމަ މެޗުން އޮސަސޫނާ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެއްޖެ އެވެ.

މި ހޫނުމޫސުމުގައި ލިވަޕޫލް ދޫކޮށް ރެއާލަށް ބަދަލުވުމަށްފަހު އާނޯލްޑް ވަނީ ފީފާ ކްލަބް ވޯލްޑް ކަޕުގައި ރެއާލަށް ފަސް މެޗު ކުޅެފަ އެވެ. އެ މުބާރާތުން ރެއާލް ކެޓީ ސެމީ ފައިނަލުންނެވެ.

ޒަބީ އަލޮންސޯގެ އިރުޝާދުގެ ދަށުން ލީގުގައި ރެއާލުން ކުޅުނު ފުރަތަމަ މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައި މޮޅަށް ކުޅެފައިވަނީ ރެއާލުންނެވެ. ފުރަތަމަ ހާފުގައި އެ ޓީމުން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ލަނޑެއް ޖެހިފައެއް ނުވެ އެވެ.

ދެވަނަ ހާފު ފެށިގެން ހަވަނަ މިނެޓުގައި އޮސަސޫނާގެ އޭރިއާ ތެރެއިން ކިލިއަން އެމްބާޕޭ އަށްކުރި ފައުލަކާ ގުޅިގެން ރެއާލަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. ޕެނަލްޓީ ކާމިޔާބުކޮށް، އެމްބާޕޭ ވަނީ ރެއާލަށް ކުރިހޯދަދީފަ އެވެ.

މި ސީޒަނުގައި ރެއާލާ އަލަށް ގުޅުނު ޑީން ހައުސަން ވަނީ ރޭގެ މެޗުގެ ފުރަތަމަ 11 ގައި ހިމެނި މޮޅު ކުޅުމެއް ދައްކާފަ އެވެ.

މެޗުގެ އިތުރު ވަގުތުގައި ރެއާލްގެ ގޮންޒާލޯ ގާސިއާ އަށް ކުރި ފައުލަކާ ގުޅިގެން އޮސަސޫނާގެ އެބެލް ބްރެޓޯންސް އަށް ވަނީ ރަތް ކާޑު ދައްކާފަ އެވެ.

ރެއާލް މެޑްރިޑު ސްޕެނިޝް ލީގު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ