ރެއާލް އަތުން އެތުލެޓިކޯއަށް ބޮޑު މޮޅެއް

Advertisement

އެންމެ ފަސް

Advertisement

ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑުން ފަހަތުން އަރައި 5-2 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ބަލިކޮށްފިއެވެ.

މިއީ 1950 ވަނަ އަހަރުގެ ފަހުން، އެތުލެޓިކޯއަށް ރެއާލް ކޮޅަށް ފަސް ލަނޑު ޖެހުނު ފުރަތަމަ މެޗެވެ. އެ އަހަރު އެތުލެޓިކޯއިން އިން ވަނީ 6-3 ގެ ނަތީޖާއަކުން ރެއާލް ބަލިކޮށްފައެވެ. އަދި މި ބައްޔާއެކު، ރެއާލްގެ ވަރުގަދަ ފެށުން ވަނީ ނިމުމަކަށް އައިސްފައެވެ. ރެއާލް ވަނީ ލީގުގައި ފުރަތަމަ ކުޅުނު ހަ މެޗުން މޮޅުވެފައެވެ.

އެތުލެޓިކޯގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން 14 ވަނަ މިނެޓުގައި ރޮބިން ލެ ނޯމަންޑް ވަނީ ބޮލުން ލަނޑެއް ޖަހައި އެތުލެޓިކޯއަށް ކުރިހޯދަޑީފައެވެ. ނަމަވެސް، ކީލިއަން އެމްބާޕޭ އާއި އާޑާ ގުލާ ޖެހި ލަނޑާއެކު ރެއާލުން ވަނީ ލީޑު ނަގާފައެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެލެކްސަންޑާ ސޯލޮތު ވަނީ ލަނޑެއް ޖަހައި އެތުލެޓިކޯ އަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މިއާއެކު، ފުރަތަމަ ހާފު ނިމުނުއިރު ދެ ޓީމު ވަނީ އެއްވަރުވެފައެވެ.

އެތުލެޓިކޯ އިން މެޗުގެ ނަތީޖާ އަނބުރާލީ ދެވަނަ ހާފުގައެވެ. އެގޮތުން، ދެވަނަ ހާފުގައި އެ ޓީމުން ވަނީ ތިން ލަނޑު ޖަހާފައެވެ. އެތުލެޓިކޯއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ޖޫލިއަން އަލްވަރޭޒް އެވެ. އޭގެފަހުން އަލްވަރޭޒް ވަނީ ހިލޭ ޖެހުމަކުން ލަނޑު ޖަހައި އެތުލެޓިކޯއަށް ލީޑު ފުޅާކޮށްދީފައެވެ.

ރެއާލުން މެޗުގެ ފަހު ވަގުތާ ހަމަޔަށް ލަނޑެއް ޖެހުމަށް މަސައްކަތް ކޮށްފައިވާއިރު، އެތުލެޓިކޯ އިން ވަނީ އިތުރު ވަގުތުގައި އިތުރު ލަނޑެއް ޖަހައި ތިން ޕޮއިންޓު ކަށަވަރުކޮށްފައެވެ. އެ ޓީމުގެ ފަސްވަނަ ލަނޑު ޖެހީ އެންޓޮއިން ގްރީޒްމަން އެވެ.

 

ރެއާލް މެޑްރިޑް ސްޕެނިޝް ލީގު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ