އޮޕަރޭޝަނުގެ ސަބަބުން ސީޒަން ފަށާއިރު ބެލިންހަމް އަށް ނުކުޅެވޭނެ

Advertisement

އެންމެ ފަސް

Advertisement

ރެއާލް މެޑްރިޑް އަދި އިންގްލެންޑުގެ ތަރި، ޖޫޑް ބެލިންހަމް ކުރި އޮޕަރޭޝަނެއްގެ ސަބަބުން ސީޒަންގެ ކުރީކޮޅުގެ މެޗުތަކުގައި ނުކުޅެވޭނެކަން ކަށަވަރުވެއްޖެއެވެ.

އުމުރުން 22 އަހަރުގެ ކުޅުންތެރިޔާގެ ކޮނޑު ހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން އޮޕަރޭޝަނެއް ކޮށްފައިވާއިރު، އޭނާއަށް ރެއާލްގެ ޕްރީ ސީޒަން ގެއްލޭނެއެވެ. މީގެއިތުރުން، ސެޕްޓެންބަރު މަހު ވޯލްޑް ކަޕު ކޮލިފައިންގައި އެންޑޯރާ އާއި ސާބިއާ އާ ދެކޮޅަށް އިންގްލެންޑުން ކުޅޭ މެޗުތަކުގައިވެސް ނުކުޅެވޭނެއެވެ.

2023 ވަނަ އަހަރު ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅުނު މެޗުގައި ބެލިންހަމްގެ ކޮނޑު ހުޅު ވަނީ ނައްޓާލާފައެވެ. އޭގެފަހުން އޭނާ މެޗުތައް ކުުޅުނީ ކޮނޑު ހުޅަށް ލިބުނު އަނިޔާއާ އެކީގައެވެ.

އަނިޔާއާއެކު ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު ބެލިންހަމް އޮޕަރޭޝަން ކުރަން ނިންމީ ޖޫން މަހުއެވެ. މިއާއެކު، ރެއާލުން ނިންމީ ފީފާ ކްލަބް ވޯލްޑް ކަޕަށްފަހު އޮޕަރޭޝަން ކުރުމަށެވެ. އެ މުބާރާތުގެ ސެމީ ފައިނަލުން ރެއާލް ބަލިވީ ޕީއެސްޖީ އަތުންނެވެ.

ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށް 115 މިލިއަން ޕައުންޑަށް ބެލިންހަމް ރެއާލާ ގުޅުނީ މީގެ ދެ އަހަރު ކުރިންނެވެ. އޭނާގެ ފުރަތަމަ ސީޒަނުގައި ރެއާލުން ވަނީ ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އެ ސީޒަނުގައި ބެލިންހަމް ވަނީ 43 މެޗުން 23 ލަނޑު ޖަހާފައެވެ.

މިދިޔަ ސީޒަނުގައި ބެލިންހަމް ވަނީ 58 މެޗު ކުޅެ، 15 ލަނޑު ޖަހާފައެވެ. ބާސެލޯނާއިން ލީގު ޗެމްޕިއަންކަން ހޯދިއިރު، ރެއާލަށް ލިބުނީ ދެވަނަ އެވެ.

ރެއާލް މެޑްރިޑް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ