ސިޓީ އިން ފަހަތުން އަރައި ރެއާލް ބަލިކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ސިޓީއިން ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ބަލިކޮށްފި އެވެ.

ރެއާލް އަށް މި ފަހުން ކުޅުނު މެޗުތަކުގައި އެދެވޭ ނަތީޖާއެއް ނެރެވިފައި ނުވުމާއެކު ރޭގެ މެޗަށްވެސް އެ ޓީމުން ނިކުތީ ބޮޑު ޕްރެޝަރަކާއެކު އެވެ. ރޭގެ މެޗަށް ނިކުތްއިރު ރެއާލަށް ދެން އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އަނިޔާގެ ސަބަބުން އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ، ކީލިއަން އެމްބާޕޭ އަށް ނުކުޅެވުމެވެ.

ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން ދެވަނަ މިނެޓުގައި ސިޓީގެ އޭރިއާ ތެރެއިން ވިނީޝިއުސް ޖޫނިއާ އަށް މަތެއުސް ނޫނޭސް ކުރި ފައުލަކާ ގުޅިގެން ރެފްރީ ފުރަތަމަ ވަނީ ޕެނަލްޓީއެއް ކަމަށް ނިންމާފަ އެވެ. ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ނިންމީ ނޫނޭސް ފައުލް ކުރީ އޭރިއާ ބޭރުން ކަމަށެވެ.

ރޭގެ މެޗުގައި އެމްބާޕޭގެ ބަދަލުގައި ކުޅެން އަރާފައިވަނީ ރޮޑްރިގޯ އެވެ. ރޮޑްރިގޯ ވަނީ ލިބުނު ފުރުސަތުގެ ބޭނުން ހިފައި، މެޗުގެ 28 ވަނަ މިނެޓުގައި ލަނޑު ޖަހައި، ރެއާލް އަށް ކުރިހޯދަދީފަ އެވެ.

މެޗުގެ 35 ވަނަ މިނެޓުގައި ޖޮސްކޯ ގްވާޑިއޯލް ބޮލުން ފޮނުވާލި ބޯޅަ، ރެއާލްގެ ކީޕަރު ކޯޓުއާ ދިފާއުކުރި ނަމަވެސް، ނިކޯ އޯ’ރެއިލީ ވަނީ އޭނާއަށް ލިބުނު ފުރުސަތުގައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި، ސިޓީއަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

ފުރަތަމަ ހާފު ނިމެން ގާތް ވެފައިވަނިކޮށް ރެއާލްގެ އޭރިއާ ތެރެއިން އާލިން ހާލަންޑަށް އެންޓޮއިން ރުޑިގާ ކުރި ފައުލަކާ ގުޅިގެން ސިޓީއަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. ޕެނަލްޓީ ކާމިޔާބުކޮށް، ހަލަންޑް ވަނީ ސިޓީއަށް ކުރިހޯދަދީފަ އެވެ.

ދެވަނަ ހާފުގައި ރެއާލުން ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން، އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޖޫޑް ބެލިންހަމް އާއި އެންޑްރިކް އަށެވެ. ބެލިންހަމް ފޮނުވާލި ބޯޅަ ގޯލުގެ މަތިން ދިޔައިރު، އެންޑްރިކް ބޮލުން ޖެހި ބޯޅަ އަމާޒުވީ ދަނޑިއަށެވެ.

މި ނަތީޖާއާއެކު ސިޓީ ވަނީ ތާވަލުގެ ހަތަރުވަނައަށް ޖެހިލާފައެވެ. އެ ޓީމަށް 13 ޕޮއިންޓު ލިބިފައިވާއިރު، ރެއާލް އޮތީ 12 ޕޮއިންޓާއެކު ހަތްވަނައިގައެވެ.

 

ރެއާލް މެޑްރިޑް މެންޗެސްޓާ ސިޓީ ޗެމްޕިއަންސް ލީގު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ