ކަޒޯލާގެ ލަނޑާއެކު އޮވިއޭޑޯ ސްޕެނިޝް ލީގަށް

Advertisement

އެންމެ ފަސް

Advertisement

އާސެނަލްގެ ކުރީގެ ކުޅުންތެރިޔާ، ސަންޓި ކަޒޯލާގެ ލަނޑާއެކު، ފަހަތުން އަރައި މިރަންޑެސް ބަލިކޮށް، އޮވިއޭޑޯ 24 އަހަރު ފަހުން ސްޕެނިޝް ލީގަށް ޕްރޮމޯޓް ވެއްޖެއެވެ.

ކަޒޯލާ އޭނާގެ ކުރީގެ ކްލަބް، އޮވިއޭޑޯ އަށް ބަދަލުވީ 2023 ވަނަ އަހަރުއެވެ. އޭނާ އެ ބަދަލުވީ، އަލުން އޮވިއޭޑޯ ސްޕެނިޝް ލީގަށް ޕްރޮމޯޓް ކޮށްދިނުމުގެ އުއްމީދުގައެވެ. މީގެއިތުރުން، އޭނާ ފުރަތަމަ މަސައްކަތް ކުރީ އޮވިއޭޑޯ އަށް ހިލޭ ކުޅެދިނުމަށެވެ. ނަމަވެސް، ހިލޭ ކުޅުމަކީ ގަވައިދާ ހިލާފު ކަމެއް ކަމުން، އޭނާ ކުޅުނީ އެންމެ ކުޑަ މުސާރައިގައެވެ. އޭނާ ވަނީ ޕްލޭ އޮފް ސެމީ ފައިނަލް މެޗުގައިވެސް ހިލޭ ޖެހުމަކުން ލަނޑެއް ޖަހާފައެވެ.

ޕްލޭ އޮފް ފައިނަލުގެ ފުރަތަމަ ލެގު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މިރަންޑެސް އެވެ. އޮވިއޭޑޯ ޕްރޮމޯޓްވީ ރޭގެ ދެވަނަ ލެގު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، 3-2 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިގެނެވެ.

ރޭގެ މެޗުގައިވެސް ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ މިރަންޑެސް އިންނެވެ. އޮވިއޭޑޯ އިންވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައި މެޗުގެ ނަތީޖާ އަނބުރާލާފައެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ފުރަތަމަ ލަނޑު ކާމިޔާބުކުރީވެސް އުމުރުން 40 އަހަރުގެ ކަޒޯލާ އެވެ.

ކަޒޯލާ ވަނީ ސްޕެއިން އާއެކު ޔޫރޯ ފުޓުބޯޅަ މުބާރާތް ދެ ފަހަރު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ އާސެނަލްގައި ހަ އަހަރު ދުވަސް ހޭދަކޮށް، 180 މެޗު ކުޅެފައެވެ. އޭނާ އާސެނަލް ދޫކޮށްލީ 2018 ވަނަ އަހަރުއެވެ.

ސްޕެނިޝް ލީގު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ