ޓޮޓެންހަމްގެ ކޯޗަކަށް ފްރޭންކް ހަމަޖައްސައިފި

Advertisement

އެންމެ ފަސް

Advertisement

ބްރެންޓްފޯޑްގެ ކޯޗު ތޯމަސް ފްރޭންކް، 2028 ވަނަ އަހަރުގެ ނިޔަލަށް ޓޮޓެންހަމް އަށް ބަދަލުވެއްޖެއެވެ.

އުމުރުން 51 އަހަރުގެ ފްރޭންކް ޓޮޓެންހަމް އާ ހަވާލުވީ ކުރީގެ ކޯޗު، އަންގޭ ޕޮސްޓެކޮގްލޫގެ ބަދަލުގައެވެ. ޓޮޓެންހަމް އިން މި ސީޒަނުގައި ޔޫރޮޕާ ލީގު ކާމިޔާބުކުރި ނަމަވެސް، މި މަހު ކުރީ ކޮޅު އެ ކްލަބުން ވަނީ ޕޮސްޓެކޮގްލޫ މަގާމުން ވަކިކޮށްފައެވެ.

ފްރޭންކް ވަނީ ބްރެންޓްފޯޑާއެކު ހަތް އަހަރު ދުވަސް ހޭދަކޮށްފައެވެ. އޭނާ ވަނީ 2021 ވަނަ އަހަރު ބްރެންޓްފޯޑް ޗެމްޕިއަންޝިޕުން ޕްރިމިއާ ލީގަށް ޕްރޮމޯޓު ކޮށްދިނުމަށް އެހީތެރިވެދީފައެވެ.

ފްރޭންކް އަކީ 2021 ވަނަ އަހަރުގެ ފަހުން ޓޮޓެންހަމް އާ ހަވާލުވި ދާއިމީ ހަތަރުވަނަ ކޯޗެވެ. އެ ޓީމުން މި ސީޒަން ނިންމާލަން ޖެހުނީ ތާވަލުގެ 17 ވަނައިގައެވެ.

ލީގުގައި ދަށް ނަތީޖާ އެއް ނެރެވުނުނަމަވެސް، ޔޫރޮޕާ ލީގު ކާމިޔާބު ކުރުމާއެކު އެ ޓީމު ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވެފައެވެ.

ޓޮޓެންހަމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ