ޕެނަލްޓީގައި ޓޮޓެންހަމް ބަލިކޮށް ޕީއެސްޖީން ސުޕަ ކަޕް ކާމިޔާބުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ޕެނަލްޓީގައި ޔޫރޮޕާ ލީގުގެ ޗެމްޕިއަން ޓޮޓެންހަމް ބަލިކޮށް، ޔޫރަޕުގެ ޗެމްޕިއަން ޕީއެސްޖީން ޔުއެފާ ސުޕަ ކަޕް ކާމިޔާބުކޮށްފިއެވެ.

އިޓަލީގެ އުޑިންގައި ރޭ ކުޅުނު މެޗަކީ ތޯމަސް ފްރޭންކުގެ އިރުޝާދުގެ ދަށުން ޓޮޓެންހަމް އިން ކުޅުނު ރަސްމީ ފުރަތަމަ މެޗެވެ. އެ ޓީމުން ވަނީ ޔޫރޮޕާ ލީގު ކާމިޔާބުކުރިތާ 16 ދުވަސް ފަހުން، ކޯޗު ޕޮސްޓެކޮގްލޫ މަގާމުން ވަކިކޮށްފައެވެ.

ރޭގެ މެޗުގެ 39 ވަނަ މިނެޓުގައި މިކީ ވެން ޑި ވެން ވަނީ ލަނޑެއް ޖަހައި ޓޮޓެންހަމް އަށް ކުރިހޯދަދީފައެވެ. އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ލީޑަކާއެކުއެވެ.

ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި ކްރިސްޓިއަން ރޮމޭރޯ ވަނީ ލަނޑު ޖަހައި ޓޮޓެންހަމް އަށް ލީޑު ފުޅާކޮށްދީފައެވެ. މިއާއެކު އެ ޓީމުން ވަނީ އެއް އަހަރު ތެރޭ ދެވަނަ ތަށި ހޯދުމާ ގާތަށް ޖެހިލާފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައިވަނިކޮށް ލީ ކޭންގް-އިން ވަނީ ލަނޑެއް ޖަހައި ޕީއެސްޖީއަށް އުއްމީދު އައުކޮށްދީފައެވެ. އަދި އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައި ގޮންސާލޯ ރާމޯސް ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މި ދެ ކުޅުންތެރިންނަކީވެސް ދެވަނަ ހާފުގައި ކުޅެން ނިކުތް ދެ ކުޅުންތެރިންނެވެ. މެޗުގެ ނަތީޖާ އެއްވަރުވުމާއެކު، ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެނެވެ.

ޕީއެސްޖީގެ ވިޓީނިއާ ޖެހި ޕެނަލްޓީ ގޯލާ އަމާޒުވެފައިނުވާއިރު، ރާމޯސް، އޮސްމާނޭ ޑެމްބެލޭ، ލީ އަދި ނޫނޯ މެންޑޭސް ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. ޓޮޓެންހަމް އިން ޕެނަލްޓީ ކާމިޔާބުކުރީ ޑޮމިނިކް ސޮލަންކޭ، ރޮޑްރިގޯ ބެންޓަންކޫރް އަދި ޕެޑްރޯ ޕޯރޯ އެވެ. ވެން ޑި ވެންގެ ޕެނަލްޓީ ޕީއެސްޖީގެ ކީޕަރު ދިފާއުކުރިއިރު، މަތީސް ޓެލް ޖެހި ޕެނަލްޓީ ދިޔައީ ބޭރަށެވެ.

ޕީއެސްޖީން ވަނީ މިއަހަރުގެ ފީފާ ކްލަބް ވޯލްޑް ކަޕުގެ ފައިނަލުގައިވެސް ކުޅެފައެވެ. ނަމަވެސް، އެ ޓީމު ވަނީ ޗެލްސީ ކައިރިން

 

ޓޮޓެންހަމް ޕީއެސްޖީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ