ވީއައިއޭގެ ޓާމިނަލް 1 އިން ކޮންޑޯއަށް ހިދުމަތް ދޭން ފަށައިފި

Advertisement

އެންމެ ފަސް

Advertisement

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ޖަރުމަނުގެ މަޝްހޫރު އެއާލައިނެއް ކަމަށްވާ، ކޮންޑޯއަށް ހިދުމަތް ދޭން ރަސްމީކޮށް ފަށައިފި އެވެ.

މިއީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ޖަރުމަނުގެ ފުރަތަމަ އެއާލައިނެވެ. ކޮންޑޯއަށް ހިދުމަތް ދޭން ފެށުމާއެކު، ޓާމިނަލް 1 އިން ހިދުމަތް ދޭ އެއާލައިންތަކުގެ އަދަދު ވަނީ 26 އަށް އިތުރުވެފަ އެވެ.

ޓާމިނަލް 1 އިން ކޮންޑޯއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށްޓަކައި، ޓާމިނަލުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލެވެ. ރަސްމިއްޔާތުގައި ކޮންޑޯގެ އިންޓަކޮންޓިނެންޓަލް ސްޓޭޝަންސްގެ އޭރިއާ މެނޭޖަރު ސްޓެފަން މެކްކެނާ އާއި ކޮންޑޯގެ އޭޝިއާ އަދި އިންޑިއަން އޯޝަންގެ ގްރައުންޑް އޮޕަރޭޝަންސްގެ ރީޖަނަލް މެނޭޖަރު ރޮން ޕްލެންގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ކޮންޑޯގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި 302 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފަ އެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ކޮންޑޯގެ ފުރަތަމަ ފްލައިޓް، DE2320 އިން ރާއްޖެ އައި 277 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. ކޮންޑޯ އިން ރާއްޖެއަށް ދަތުރުތައް ފެށީ 31 އޮކްޓޫބަރު 1981 ގަ އެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ. އެގޮތުން، ވީއައިއޭގެ ޓާމިނަލް 1 އިން ކޮންޑޯއަށް ހިދުމަތް ދޭން ފެށުމަކީ ރާއްޖޭގެ އެއަރޕޯޓްގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރާ މަސައްކަތުގެ މުހިންމު ފިޔަވަޅެއްކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.

އެމްއޭސީއެލް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ