ވެމްކޯ އިން ހަތަރުވަނަ ފަހަރަށް ގައުމީ ވޮލީބޯޅަ މުބާރާތް ކާމިޔާބުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ޕޮލިސް ކްލަބް ބަލިކޮށް، ކްލަބް ވެމްކޯ އިން ހަތަރުވަނަ ފަހަރަށް މުބާރާތް ކާމިޔާބުކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގެ ފުރަތަމަ ސެޓުގައި ވާދަވެރި ކުޅުމެއް ފެނުނުއިރު، ޕޮލިހުން ވަނީ 25-23 ގެ ނަތީޖާއަކުން ސެޓު ކާމިޔާބުކޮށްފައެވެ. ޕޮލިހުން ފުރަތަމަ ސެޓު ކާމިޔާބުކޮށް އެޑްވާންޓޭޖް ހޯދި ނަމަވެސް، ވެމްކޯ އިން ވަނީ ކުޅުން ރަނގަޅުކޮށް، ދެވަނަ ސެޓު ކާމިޔާބުކޮށްފައެވެ. ވެމްކޯ އިން ސެޓު ކާމިޔާބުކުރީ 22-25 އިންނެވެ.

ފުރަތަމަ ސެޓަކޭ އެއްގޮތަށް ތިންވަނަ ސެޓުގައިވެސް ދެ ޓީމުގެ ފަރާތުން ވަނީ ވާދަވެރި ކުޅުމެއް ފެނިފައެވެ. ޕޮލިހުން ވަނީ އަނެއްކާވެސް 25-23 އިން ސެޓު ކާމިޔާބުކޮށް، ޗެމްޕިއަންކަން ހޯދުމަށް ފިޔަވަޅަކާ ގާތަށް ޖެހިލާފައެވެ.

ވެމްކޯއަށް ދެ ސެޓު ގެއްލުނު ނަމަވެސް، އެ ޓީމުން ހިތްވަރު އެލުވާލާފައެއް ނުވެއެވެ. އެ ޓީމުން ވަނީ އިތުރަށް ކުޅުން ރަނގަޅުކޮށް، 25/18 އިން ހަތަރުވަނަ ސެޓު ކަމިޔާބުކޮށްފައެވެ. މިއާއެކު، މެޗުގެ ނަތީޖާ ނެރެފައިވަނީ ފަސްވަނަ ސެޓު ކުޅެގެނެވެ. ވެމްކޯ އިން ވަނީ 8-15 އިން ސެޓު ކާމިޔާބުކޮށް، މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.

މިއަހަރުގެ މުބާރާތުގެ އެންމެ މޮޅު ތިން ކުޅުންތެރިންނަށް ހޮވިފައިވަނީ، ވެމްކޯގެ ޖޫޒާން ޒަރީރު (ޖޫޒް) އާއި އައިޝަތު މާޖިދާ (މާޖީ) ގެ އިތުރުން ޕޮލިހުގެ އައިިމިނަތު އަރީޝާ (އަރީ) އެވެ. އެންމެ މޮޅު ބިދޭސީ ތިން ކުޅުންތެރިންނަކީ، ޕޮލިހުގެ ގްރަޒިއެލް، ވެމްކޯގެ ޕަޓިޔާ އަދި ހުރާ ކޮމިއުނިޓީ ކްލަބްގެ ވެރޯނިކާ އެވެ. އެންމެ އުންމީދީ ކުޅުންތެރިއަކީ ހުރާގެ އަައިޝަތު ނަސްމާ އަހުމަދު ހޮވުނުއިރު، އެންމެ މޮޅު ކޯޗަކީ ވެމްކޯގެ އަހުމަދު އަދީލް (ބޭބެ) އެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ