އިންޓާނަލް އޮޑިޓް ރިޕޯޓުން ފާހަގަ ކުރެވުނު މައްސަލަތައް ކަމާބެހޭ އިދާރާތަކަށް ވާނީ ފޮނުވައިފަ: ވެމްކޯ

Advertisement

އެންމެ ފަސް

Advertisement

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ އިންޓާނަލް އޮޑިޓް ރިޕޯޓުން ފާހަގަ ކުރެވުނު މައްސަލަތަކާއި މާލިއްޔަތު ގާނޫނާއި ހިލާފަށް ކޮށްފައި ހުރި މުއާމާލާތްތައް ދެނެގަތުމަށް ކަމާބެހޭ ތަހުގީގީ އިދާރާތަކާއި ހިއްސާ ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ކަންތައްތައް ބެލުމަށް އެ ކުންފުނީގެ އިސްނެގުމުގެ މަތިން އޮޑިޓާ ޖެނެރަލްގެ އޮފީސް، އެންޓި ކޮރަޕްޝަން ކޮމިޝަން ގެ އިތުރުން ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅާފައިވާ ކަމަށެވެ. އެ އިދާރާތަކުން ބޭނުންވެގެން އެދުނު ހުރިހާ މައުލޫމާތެއް ވެސް ފޯރުކޮށްދީފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެ ކުންފުނިން އަބަދުވެސް އަންނަނީ ދެފުށް ފެންނަ ވީހާވެސް ހާމަކަންބޮޑު ގޮތެއްގައި މިފަދަ ކަންކަމާ ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށް ދެމުންކަން ވެމްކޯއިން ފާހަގަ ކޮށްފައިވެ އެވެ

އެ ކުންފުނިން ބުނީ ރައްޔިތުންނާ ގުޅުން ހުރި މިފަދަ މާލީ މައްސަލަތައް ބެލި އެ މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ރައްތިތުންނަށް ދޭ ކަމަށެވެ. އަދި އެ ކުންފުންޏާއި ގުޅުން ހުރި ކޮރަޕްޝަންގެ އަމަލުތަކަށް ފިޔަވަޅު އަޅައި ކުށްވެރިވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަގީން ކަން ދޭ ކަމަށް ވެސް ބުނެފައިވެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާކަމުގެ ތުހުމަތު އަަބަދުވެސް ކުރެ އެވެ. އެ ގޮތުން މި ފަހުން ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓުން މިފަދަ މައްސަލަތަކެއް ހާމަވެގެން ދިޔަ އެވެ. އަދި ފެނަކައިގެ އެމްޑީގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ސައީދުގެ މައްޗަށް ވަނީ ކޮރަޕްޝަންގެ ތުހުމަތެއް ސާބިތުވެ ޖަލު ހުކުމެއް އައިސްފަ އެވެ. އަދި މޯލްޑިވްސް ގޭސްގެ ކުރީގެ އެމްޑީ އަބްދުﷲ މައުމޫންގެ މައްޗަށްވެސް ދާދި ފަހުން މިފަދަ މައްސަލައެއްގައި ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.

ކޮރަޕްޝަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އޮޑިޓާ ޖެނެރަލް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ