އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރުމަށް ގައުމީ ޓީމް ފިލިޕީންސް އަށް

Advertisement

އެންމެ ފަސް

Advertisement

ސައުދީ އަރަބިއްޔާގައި 2027 ވަނަ އަހަރު ބާއްވާ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރުމަށް ގައުމީ ފުޓުބޯޅަ ޓީމު ފިލިޕީންސް އަށް ދަތުރުކޮށްފިއެވެ.

ކޮލިފައިންގައި ފިލިޕީންސް އާ ދެކޮޅަށް އެ ގައުމުގައި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ. ގައުމީ ޓީމުން ވަނީ މި މެޗަށް ތައްޔާރުވުމުގެ ގޮތުން އިންޑިއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. މިދިޔަ ހަފުތާގައި ކުޅުނު މި މެޗުން ގައުމީ ޓީމު ވަނީ 3-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.

ކޮލިފައިންގައި ރާއްޖެއިން ކުޅެން ޖެހޭ ހަ މެޗުގެ ތެރެއިން ފަސް މެޗު ކުޅެން ޖެހެނީ މި އަހަރުގައެވެ. ކޮލިފައިންގެ ދެވަނަ މެޗުގައި ޖޫން މަހު 10 ވަނަ ދުވަހު ގައުމީ ޓީމު ނިކުންނާނީ އީސްޓް ޓިމޯ އާ ދެކޮޅަށެވެ. އެޔަށްފަހު، އޮކްޓޫބަރު މަހު ނުވަވަނަ ދުވަހު ނިކުންނާނީ ތަޖިކިސްތާނާ ދެކޮޅަށެވެ. ރާއްޖެއިން ފުރަތަމަ ތިން މެޗުވެސް ކުޅެން ޖެހެނީ ރަށުންބޭރުގައެވެ.

މިއަހަރުގެ ފަހު ދެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައެވެ. އެގޮތުން، އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު ތަޖިކިސްތާނާ ދެކޮޅަށް ކުޅޭއިރު، ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ނިކުންނާނީ ފިލިޕީންސް އާ ދެކޮޅަށެވެ. ކޮލިފައިންގެ ފަހު މެޗު ކުޅުމަށް ހަމެޖހިފައިވަނީ އަންނަ އަހަރުގެ މާޗް 31 ވަނަ ދުވަހުއެވެ.

ގައުމީ ޓީމުން ބައިނަލްއަގުވާމީ މުހިންމު މެޗުތަކަކާ ކުރިމަތިލާއިރު، ރާއްޖޭގެ ފުރަތަމަ ޑިވިޝަން މެދުކެނޑިފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.

ގައުމީ ފުޓުބޯޅަ ޓީމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ