ރާއްޖޭން ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަން އިން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދިޔަ ސައުތު އޭޝިއަން ސުޕަ ކަޕްގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދައިފި އެވެ.

މި މުބާރާތުގައި ރާއްޖެއާއި ލަންކާގެ ދެމެދު ދެ ލެގު ކުޅެފައިވާއިރު، ރާއްޖެއިން ވަނީ 3-0 ގެ ނަތީޖާއަކުން ފުރަތަމަ ލެގު ކާމިޔާބުކޮށް، މުބާރަތް ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑުކޮށްފަ އެވެ.

ރާއްޖެއިން ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބުކުރީ މިއަދު ކުޅުނު ދެވަނަ ލެގު 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށް، 4-1 ގެ ނަތީޖާއަކުން ލަންކާގެ މައްޗަށް ކުރިހޯދައިގެނެވެ. މިއާއެކު، ގައުމީ ޓީމުގެ އައު ކޯޗު، މުހައްމަދު ޝިޔާޒް (މޯހަން) ވަނީ ބޮޑު ކުރިއެރުމެއް ހޯދަދީފަ އެވެ.

ކޮލަމްބޯގެ ރޭސް ކޯސް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ވަނީ ވާދަވެރި ކުޅުމެއް ފެނިފަ އެވެ. އެގޮތުން، ރާއްޖެއިން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.

މެޗުގެ ކުރީކޮޅު، އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ޖެހި ބޯޅަ ހުރަސް ދަނޑިއަށް އަމާޒުވިއިރު، އަހުމަދު އައިހަމް (ފަތޯ) އާއި ހައިޝަމް ހަސަން އަށްވެސް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެ އެވެ.

ދެވަނަ ހާފު ފެށިގެން، ލަންކާ އިން ވަނީ ރާއްޖޭގެ ގޯލަށް ނުރައްކާކޮށް، ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ގައުމީ ޓީމުގެ ކީޕަރު، މުހައްމަުދ ފައިސަލް ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކައި، ގިނަ ހަމަލާތަކެއް ހުއްޓުވާފަ އެވެ.

މެޗުގެ 66 ވަނަ މިނެޓުގައި ރާއްޖެއިން ކުރި ކައުންޓަ އެޓޭކެއްގައި ނާއިޒު ހަސަން (ދާދު) ވަނީ ލަނޑެއް ޖަހައި ރާއްޖެއަށް ކުރިހޯދަދީފަ އެވެ. މިއާއެކު، ރާއްޖެއިން ވަނީ ޗެމްޕިއަންކަން ހޯދުމާ ގާތަށް ޖެހިލާފަ އެވެ.

ލަންކާ އިން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ އިތުރު ވަގުތުގަ އެވެ. އެ ޓީމުން ލަނޑު ޖެހުނަމަވެސް، ނަތީޖާ ހަމަހަމަ ކުރުމަށް އިތުރު ތިން ލަނޑު ބޭނުންވެ އެވެ.

ރާއްޖެއިން މި މުބާރާތައް ނިކުތް އިރު، އެންމެ ފަހުން ކުޅުނު ބައިނަލްއަގުވާމީ ފަސް މެޗުންވެސް ވަނީ ބަލިވެފަ އެވެ. ނަމަވެސް، ލަންކާ އަތުން މި ހޯދި ކާމިޔާބީއާއެކު ރާއްޖެއިން މިވަނީ ބޮޑު ކުރިއެރުމެއް ހޯދާފަ އެވެ.

ރާއްޖެ - ލަންކާ ގައުމީ ފުޓުބޯޅަ ޓީމް ސައުތު އޭޝިއަން ސުޕަ ކަޕް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ