އެކުވެރިކަމުގެ މެޗުން އިންޑިއާ އަތުން ރާއްޖެ ބަލިވެއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

އޭޝިއަން ކަޕް ކޮލިފައިން އަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ މެޗުގައި ރޭ 3-0 ގެ ނަތީޖާއަކުން ރާއްޖެ އިންޑިއާ އަތުން ބަލިވެއްޖެއެވެ.

ރޭގެ މެޗުގައި އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ އިންޑިއާގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ، ސުނިލް ޗެތުރީ އަށެވެ. އުމުރުން 40 އަހަރުގެ ކުޅުންތެރިޔާ ވަނީ މިދިޔަ އަހަރުގެ ޖޫން މަހު ރިޓަޔާކުރިކަން އިއުލާނުކޮށްފައެވެ. އެހެންނަމަވެސް، އޭނާ ވަނީ އެނބުރި ޓީމަށް އައިސް، ރޭގެ މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅެ ޓީމަށް ލަނޑު ޖަހައިދީފައެވެ.

ރޭގެ މެޗަކީ އިންޑިއާގެ އާ ކޯޗު މަަނޯލޯ މާކުއޭޒްގެ އިރުޝާދުގެ ދަށުން އެ ޓީމުން ކުޅުނު ފުރަަތަަމަ މެޗެވެ. މިއީ 2023 ވަނަ އަހަރުގެ ނޮވެންބަރު މަހަށް ފަހު އެ ޓީމަށް މެޗަކުން މޮޅުވެވުނު ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު އެ ޓީމުން 11 މެޗު ކުޅުނުއިރު، އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ.

ރޭގެ މެޗުގެ 34 ވަނަ މިނެޓުގައި އިންޑިއާގެ ޑިފެންޑަރު، ރާހޫލް ބޭކޭ ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރިހޯދަދީފައެވެ. އިންޑިއާ އިން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ލީޑަކާއެކުއެވެ.

ދެވަނަ ހާފު ފެށިގެން ރާއްޖެއިން މަސައްކަތްކުރީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކުރުމަށެވެ. ނަމަވެސް، މެޗުގެ 65 ވަނަ މިނެޓުގައި ލިސްޓަން ވަނީ ލަނޑު ޖަހައި، އިންޑިއާ އަށް ލީޑު ފުޅާކޮށްދީފައެވެ. އެ ޓީމުން ފުރަތަމަ ދެ ލަނޑުވެސް ޖެހީ ލިބުނު ކޯނަރަކުންނެވެ.

މެޗުގެ 75 ވަނަ މިނެޓުގައި ޗެތުރީ ވަނީ އިންޑިއާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އެއީ ރާއްޖެއާ ދެކޮޅަށް ޗެތުރީ ކުޅުނު އަށް މެޗުން އޭނާ ޖެހި ނުވަވަނަ ލަނޑެވެ.

އޭޝިއަން ކަޕް ކޮލިފައިން ފުރަތަމަ މެޗުގައި ރާއްޖެ ނިކުންނާނީ ފިލިޕީންސް އާ ދެކޮޅަށެވެ. އަދި އިންޑިއާ ބައްދަލުކުރާނީ ބަންގްލަދޭޝް އާއެވެ. މި ދެ މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ.

ރާއްޖެ ރާއްޖެ - އިންޑިއާ އިންޑިއާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ