ލިވަޕޫލް ބަލިކޮށް ނިއުކާސަލް އިން 70 އަހަރުތެރޭ ފުރަތަމަ ޑޮމެސްޓިކް ތަށި ހޯދައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އިނގިރޭސި ލީގު ކަޕުގެ ފައިނަލުގައި ރޭ 2-1 ގެ ނަތީޖާއަކުން ލިވަޕޫލް ބަލިކޮށް، ނިއުކާސަލް ޔުނައިޓެޑުން 70 އަހަރުތެރޭ ފުރަތަމަ ޑޮމެސްޓިކް ތަށި ހޯދައިފިއެވެ.

ނިއުކާސަލް އަށް އެންމެ ފަހުން ޑޮމެސްޓިކް މުބާރާތެއް ކާމިޔާބު ކުރެވިފައިވަނީ 1955 ވަނަ އަހަރުއެވެ. އެ އަހަރު ނިއުކާސަލް އިންވަނީ އެފްއޭ ކަޕް ކާމިޔާބުކޮށްފައެވެ. އޭގެފަހުން، 1969 ވަނަ އަހަރު އެ ޓީމުން ވަނީ އިންޓަ-ސިޓީސް ފެއާސް ކަޕް ކާމިޔާބުކޮށްފައެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޑޭން ބާން ވަނީ ލަނޑު ޖަހައި ނިއުކާސަލްއަށް ކުރިހޯދަދީފައެވެ. އޭނާ ލަނޑު ޖަހާފައިވަނީ ޓްރިޕިއާ ނެގި ކޯނަރަކުންނެވެ. މިއާއެކު، އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ލީޑަކާއެކުއެވެ.

ދެވަނަ ހާފު ފެށިގެން ހަތްވަނަ މިނެޓުގައި ޖެކޮބް މާފީ ތަނަވަސްކޮށްދިން ފުރުސަތަކުން އެލެކްސަންޑާ އިސާކް ވަނީ ލަނޑު ޖަހައި ނިއުކާސަލް އަށް ލީޑު ފުޅާކޮށްދީފައެވެ. މިއާއެކު، އެ ޓީމަށް ވަނީ މުބާރާތް ކާމިޔާބު ކުރުމަށް އިތުރު ހިތްވަރެއް ލިބިފައެވެ.

ލިވަޕޫލުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ އިތުރު ވަގުތުގައެވެ. އެ ޓީމަށް ލަނޑު ޖަހައިދިނީ ފެޑެރިކޯ ކިއޭސާ އެވެ. ނަމަވެސް، މެޗު ނިމުމުގެ ކުރިން އެ ޓީމަށް އިތުރު ލަނޑެއް ޖެހިފައެއް ނުވެއެވެ.

މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ލިވަޕޫލަށް ކާމިޔާބު ކުރެވެން އޮތީ ހަމައެކަނި ޕްރިމިއާ ލީގެވެ. މިދިޔަ ހަފުތާގައި އެ ޓީމު ވަނީ ޕީއެސްޖީ ކައިރިން ބަލިވެ، ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުން ކަޓާފައެވެ.

އިނގިރޭސި ލީގު ކަޕް ލިވަޕޫލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ