އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމުގެ އުސޫލަށް މީޑިއާތަކުގެ ހިޔާލު ހޯދަން ފަށައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމާ ގުޅޭ އުސޫލަށް މީޑިއާތަކުގެ ހިޔާލާއި މަޝްވަރާ ހޯދުމުގެ މަސައްކަތް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން ފަށައިފި އެވެ.

މި މަސައްކަތް ފަށާފައިވަނީ، މީޑިއާތަކަށް ފައިސާ ދިނުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ޔޫތު މިނިސްޓްރީ އާއި އެމްއެމްބީސީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރުމާއެކު އެވެ.

ޔޫތު މިނިސްޓްރީން ބުނީ، މި އެމްއޯޔޫއަކީ ގާނޫނީ އޮނިގަނޑުގެ ތެރެއިން ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް ނޫސްވެރިކަމަށް ކަނޑައެޅުމާ ގުޅިގެން، އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ގުޅޭ ކަންކަން، ހަމަހަމަ ކަމާއެކު ދެފުށް ފެންނަ އިންސާފުވެރި ނިޒާމަކުން ކުރިއަށް ގެންދިއުމަށް އެކުލަވާލާފައިވާ އެއްބަސްވުމެއް ކަމަށެވެ. އަދި މި އެމްއޯޔޫގެ މަގުސަދަކީ ދައުލަތުގެ ބަޖެޓުން މީޑިއާތަކަށްދޭ މާލީ އެހީތެރިކަން ކުރިއަށް ގެންދިއުމުގެ އެންމެހާ ކަންކަން އެމްއެމްބީސީން ކުރިއަށް ގެންދިއުމަށް ހަވާލުކުރުން ކަމަށް ވެސް މިނިސްޓްރީން ހާމަކުރެ އެވެ.

މި އެމްއޯޔޫގެ ދަށުން މާލީ އެހީ ލިބޭ އަމިއްލަ މީޑިއާތަކާއި ފައިސާގެ ތަފުސީލު އެމްއެމްބީސީން ހިއްސާކުރުމާއެކު އެ ފައިސާ، ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް މީޑިއާތަކަށް ދޫކުރުމުގެ އިންތިޒާމު ހަމަޖައްސާނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެމްއެމްބީސީން ވަނީ ޔޫތު މިނިސްޓްރީން ކުރިން އެކުލަވާލާފައިވާ އުސޫލު މުރާޖައާކުރުމުގެ މަސައްކަތުގެ ތެރެއިން، މީޑިއާތަކަށް އީމެއިލް މެދުވެރިކޮށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް ހުޅުވާލާފަ އެވެ. މީގެ އިތުރުން، އުސޫލަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް އަންނަ ހޮނިހިރު ދުވަހުގެ މެނދުރު 2:00 އަށް ތާވަލުކޮށް، މީޑިއާތަކަށް ދައުވަތު އަރުވާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

މީޑިއާ ބިލް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ