ޕެނަލްޓީގައި އެތުލެޓިކޯ ބަލިކޮށް ރެއާލް ކުއާޓާއަށް

Advertisement

އެންމެ ފަސް

Advertisement

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޕެނަލްޓީ ޖަހައިގެން އެތުލެޓިކޯ މެޑްރިޑް ބަލިކޮށް، ރެއާލް މެޑްރިޑް ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރެއާލުން ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. ނަމަވެސް، ރޭ އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެތުލެޓިކޯ އިންނެވެ. މިއާއެކު، މެޗުގެ އެގްރިގޭޓް ނަތީޖާ ވަނީ 2-2 އިން އެއްވަރުވެފައެވެ. ޕެނަލްޓީގައި ރެއާލުން ކުރިހޯދީ 4-2 ގެ ނަތީޖާއަކުންނެވެ.

ރޭ ކުޅުނު ދެވަނަ ލެގުގެ މެޗު ފެށިގެން 27 ސިކުންތުތެރޭ އެތުލެޓިކޯ އިންވަނީ ލީޑު ނަގާފައެވެ. އެ ޓީމަށް ކުރިހޯދައިދިނީ ކޮނާ ގެލަގާ އެވެ. ނަމަވެސް، އޭގެފަހުން ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.

ރެއާލުން ވަނީ ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. އެ ޓީމުގެ ޕެނަލްޓީތައް ކާމިޔާބުކުރީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް، ފެޑްރިކޯ ވަލްވާޑޭ އަދި އެންޓޯނިއޯ ރުޑިގާ އެވެ. ލޫކަސް ވަޒްކޭޒްގެ ޕެނަލްޓީ، އެތުލެޓިކޯގެ ކީޕަރު އޮބްލަކް ވަނީ ދިފާއުކޮށްފައެވެ.

އެތުލެޓިކޯއިން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ކާމިޔާބުވީ އަލެކްސަންޑަ ސޯލޯތު އާއި އަންހެލް ކޮރެއާ ޖެހި ޕެނަލްޓީއެވެ. އެ ޓީމުގެ  ހޫލިއަން އަލްވަރޭޒް ޖެހި ޕެނަލްޓީ ވަނީ ގޯލަށް ވަދެފައެވެ. ނަމަވެސް، އޭނާ ޖަހަން އުޅުމުގެ ތެރޭގައި ކައްސާލައިގެން ވެއްޓުނެވެ. އަދި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު) އިން ނިންމީ ބޯޅައިގައި ދެފަހަރު ޖެހުނު ކަމަށެވެ. މިއާއެކު އެ ޕެނަލްޓީ ބަލައިގަނެފައެއް ނުވެއެވެ. އަދި އެ ޓީމުގެ މާކޯސް ލޮރެންޓޭގެ ޕެނަލްޓީވެސް ވަނީ ނާކާމިޔާބުވެފައެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގައި ރެއާލް ނިކުންނާނީ އާސެނަލް އާ ދެކޮޅަށެވެ.

ރެއާލް މެޑްރިޑް އެތުލެޓިކޯ މެޑްރިޑް ޗެމްޕިއަންސް ލީގު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ