ޓޮޓެންހަމްގެ ފޯވާޑް، ޑޮމިނިކް ސޮލަންކޭ އަށް އަނިޔާވެ ހަ ހަފުތާއަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ ކަމަށް އެ ޓީމުގެ ކޯޗު، އަންގޭ ޕޮސްޓެކޮގްލޫ ބުނެފިއެވެ.
ރޭ ޓޮޓެންހަމުން 3-2 ގެ ނަތީޖާއަކުން ހޮފެންހައިމް ބަލިކުރި މެޗުގައި ސޮލަންކޭ ހިމެނޭހެން، ރަސްމީ ސްކޮޑުގެ 14 ކުޅުންތެރިން މެޗު ސްކޮޑުގައި ހިމަނާފައެއް ނުވެއެވެ.
ޕޮސްޓެކޮގްލޫ ބުނީ މާރިޗު މަހާ ހަމަޔަށް ސޮލަންކޭ ކުޅުމާ ދުރަށް ދާން ޖެހޭ ކަމަށެވެ. މިއާއެކު ލީގު ކަޕު ސެމީ ފައިނަލިގެ ދެވަނަ ލެގުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗާއި، ޕްރިމިއާ ލީގުގެ ގިނަ މެޗުތަކެއް އޭނާއަށް ގެއްލޭނެއެވެ މީގެއިތުރުން، ޕޮސްޓެކޮގްލޫ ބުނީ، ސޮލަންކޭއަށް ލިބުނު އަނިޔާގެ ސަބަބުން ސާޖަރީ ކުރަން ނުޖެހޭ ކަމަށެވެ.
ސޮލަންކޭ ހިމެނޭހެން ޓޮޓެންހަމްގެ ގިނަ ކުޅުންތެރިނަތަކެއް މިވަގުތު ތިބީ ކުޅުމާ ދުރުގައެވެ. އޭގެތެރޭގައި ޓިމޯ ވާނާ އާއި ބްރެނަން ޖޯންސަން ހިމެނެއެވެ.
ޔްވެސް ބިސޫމާ، ޕަޕޭ ސާ އަދި ކްރިސްޓިއަން ރޮމޭރޯ އަނިޔާއިން ރަނގަޅުވުމާ ގާތްވެފައިވާއިރު، ކީޕަރު ވިކާރިއޯ ހިމެނޭހެން ފިނަ ކުޅުންތެރިންތަކެއް ތިބީ ދިގު މުއްދަތަކަށް ކުޅުމާ ދުރުގައެވެ،