އިންގްލެންޑް މޮޅު ކުޅުންތެރިޔާގެ އެވޯޑް ޕާމާ އަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

މިދިޔަ ސީޒަނުގައި އިންގްލެންޑް ގައުމީ ފުޓުބޯޅަ ޓީމުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް، ޗެލްސީގެ ކޯލް ޕާމާ ހޮވިއްޖެ އެވެ،

އެންމެ ގިނަ ވޯޓާ އެކު ޕާމާ އަށް އެއްވަނަ ލިބުނުއިރު، ދެވަނަ ލިބުނީ ރެއާލް މެޑްރިޑްގެ ޖޫޑް ބެލިންހަމް އަށެވެ. އަދި ތިންވަނަ ލިބުނީ އާސެނަލްގެ ބުކާޔޯ ސަކާ އަށެވެ.

އިންގްލެންޑް ގައުމީ ޓީމަށް ޕާމާ އެންމެ ފުރަތަމަ ކުޅުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އެ މެޗުގައި މަލްޓާ ކައިރިން އިންގްލެންޑް ވަނީ 2-0 ގެ ނަތީޖާއަކުން މޮޅުވެފަ އެވެ.

ޕާމާ ވަނީ އިންގްލެންޑް ގައުމީ ޓީމަށް ނުވަ މެޗު ކުޅެދީފަ އެވެ. އޭގެތެރެއިން، ފުރަތަމަ 11 ގައި ހިމެނުނީ ދެ މެޗުގަ އެވެ. އަދި މިއަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ޕާމާ ވަނީ ފަސް މެޗު ކުޅެފަ އެވެ. ފައިނަލުގައި ސްޕެއިން ކައިރިން 2-1 ގެ ނަތީޖާއަކުން ބަލިވިއިރު، އިންގްލެންޑްގެ ހަމައެކަނި ލަނޑު ޖެހީ ޕާމާ އެވެ.

މިދިޔަ ސީޒަނުގައި ޕާމާގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު، ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) ގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ ޕާމާ އެވެ، އޭނާ ސިޓީ ދޫކޮށް ޗެލްސީ އަށް ބަދަލުވީ މިދިޔަ އަހަރުގެ ހޫނުމޫސުމުގަ އެވެ. އެޔަށްފަހު އޭނާ ވަނީ ފުރަތަމަ ސީޒަނުގައި ޗެލްސީ އަށް 25 ލަނޑު ޖަހައިދީފަ އެވެ.

ޕާމާ ވަނީ އިންގްލެންޑަށް ދެ ލަނޑު ޖަހައިދީފަ އެވެ. ނޭޝަންސް ލީގުގައި ގްރީސް އާއި ފިންލޭންޑާ ދެކޮޅަށް ކުޅޭ މެޗުގައި ޕާމާ ފެނުން އެކަށީގެންވެ އެވެ.

 

އިންގްލެންޑް ގައުމީ ޓީމް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ