ކޭން އަށް ހާއްސަ މެޗުގައި ދެ ލަނޑު ޖަހައި، އިންގްލެންޑް މޮޅުކޮށްދީފި

Advertisement

އެންމެ ފަސް

Advertisement

ހެރީ ކޭން، އިންގްލެންޑް ގައުމީ ޓީމަށް ކުޅެދިން 100 ވަނަ މެޗުގައި، ދެ ލަނޑު ޖެހިރިއރު، އެ ޓީމުން 2-0 ގެ ނަތީޖާއަކުން ފިންލެންޑް ބަލިކޮށްފި އެވެ.

ރޭ ނޭޝަންސް ލީގުގެ މެޗަކީ ތަޖުރިބާކާރު ފޯވާޑް، ހެރީ ކޭން، ގައުމީ ޓީމަށް ކުޅެދިން 100 ވަނަ މެޗެވެ. ދެވަނަ ހާފުގައި އޭނާ ކާމިޔާބުކުރިި ދެ ލަނޑާއެކު، އޭނާ ވަނީ ގައުމީ ޓީމަށް 68 ލަނޑު ޖަހާފަ އެވެ.

މިއީ އިންގްލެންޑަށް ކުޅުނު 100 ވަނަ މެޗުގައި ލަނޑު ޖެހި ތިންވަނަ ކުޅުންތެރިޔާ އެވެ. 2014 ވަނަ އަހަރު ވޭން ރޫނީ ވަނީ ސްލޮވީނިއާ އާ ދެކޮޅަށް ލަނޑު ޖަހާފަ އެވެ. އަދި ބޮބީ ޗާލްޓަން ވަނީ 1970 ވަނަ އަހަރު ނޮދަން އަޔަލެންޑް ކޮޅަށް ލަނޑު ޖަހާފަ އެވެ. ކޭން ވެފައިވަނީ 100 ވަނަ މެޗުގައި ދެ ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

ކޭން އަށް ހާއްސަވި މި މެޗުގައި އޭނާ ކުޅެފައިވަނީ ރަން ކުލައިގެ ހާއްސަ ބޫޓެއްގަ އެވެ. އެއީ އޭނާގެ މި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އެކަމަށް ފަރުމާ ކޮށްފައިވާ ބޫޓެކެވެ.

ވަގުތީ ކޯޗު ލީ ކާސްލީގެ އިރުޝާދުގެ ދަށުން، އިންގްލެންޑް ކުޅުނު ދެ މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. އިންގްލެންޑް އޮތީ ހަ ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގަ އެވެ. ފައިދާ ގޯލުން ކުރިހޯދައި، އެއްވަނައިގައި އޮތީ ގްރީސް އެވެ.

އިންގްލެންޑް ގައުމީ ޓީމް ޔުއެފާ ނޭޝަންސް ލީގު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ